Advertisement

ނަޝީދުގެ ރައްދު ޔާމީނަށް: ނޮވެމްބަރު 3 އާ ގުޅުވާ ސިއްކަ އަހުމަދުގެ އަބުރަށް އަރައިގަތުން ބަލައި ނުގަނެވޭނެ

4 ނޮވެންބަރު 2022 - 09:27 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރި ހަފްލާގައި ނަޝީދު (ވ) ރައީސް ސޯލިހުގެ ދެކަނބަލުންނާއެކު. -ފޮޓޯ: ރައީސް އޮފީސް


ނަޝީދުގެ ރައްދު ޔާމީނަށް: ނޮވެމްބަރު 3 އާ ގުޅުވާ ސިއްކަ އަހުމަދުގެ އަބުރަށް އަރައިގަތުން ބަލައި ނުގަނެވޭނެ

4 ނޮވެންބަރު 2022 - 09:27 0

ނޮވެމްބަރު 3 ގެ ހަމަލާއާ ގުޅުވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕަ، ސިއްކަ އަހުމަދު އިސްމާއިލް މަނިކު(ބޮޑު ސިއްކަ) ގެ އަބުރަށް އަރައިގަތުން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެ ކަަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އިދިކޮޅު ލީޑަރު އިއްޔެ ފާހަގަކުރި ނަސްރުގެ ދުވަހަކީ "ބިރުވެރި ސިއްކަ ދުވަސް" ގެ ގޮތުގައި ސިފަކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވީ ބޮޑު ސިއްކަ އަށް މި މައްސަލަައިގެ ހައްޔަރުގައި އަނިޔާކޮށް މަރުގެ ތުންފަންމައްޗަށް ގެންދިޔަ ކަމަށެވެ. އަދި އެ ހާލަތުގައި އޭނާ ލައްވާ ނެގި އިއުތިރާފުގެ ބަޔާނަކީ ބޮޑު އޮޅުވާލުމެއް ކަމަށްވެސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އޭރުގެ ސަރުކާރުން ހައްޔަރުކޮށް މި މައްސަލައިގައި ކުށް ސާބިތުވި ފަސް ދިވެހިންގެ ތެރޭގައި ބޮޑު ސިއްކަ ހިމެނެ އެވެ.

މި ސަރުކާރުން ނަސްރުގެ ދުވަސް ގައުމީ ސިފައެއްގައި ފާހަގަ ނުކުރަނީ އޭނާ އަކީ ރައީސް ސޯލިހުގެ އަނބިކަނބަލުންގެ ބައްޕަ ކަމަށްވުމުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ އެކި ފަހަރުމަތިން ރައީސް ސޯލިހާއި ސަރުކާރަށް ފާޑުކިޔާފަ އެވެ.

މި އަހަރުވެސް ނަސްރުގެ ދުވަހާ ގުޅިގެން އެ ދުވަހުގެ ހަނދާނީ ބިނާގައި ދިދަ މައުންޓު ކުރުމުގެ ހަރަކާތަކާއި ރައީސް ނެރުއްވި ހިތާބު ފިޔަވައި ސަރުކާރުން އެ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަރަކާތްތަކެއް ހިންގާފައެއްނުވެ އެވެ.

އިދިކޮޅުގެ ފާޑުކިޔުންތަކަށް ރައްދު ދެމުން ސަރުކާރުން ބުނެފައިވަނީ ނަސްރުގެ ދުވަހަކީ އޭ ކެޓަގަރީގެ ދުވަހެއް ކަމަށާއި އެ ދުވަސް ފާހަގަ ނުކުރާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ނަފުރަތު އުފެއްދުމަށް ދައްކާ ވާހަަކަތަކެއް ކަމަށެވެ.