Advertisement

އެމްޑީޕީގެ އާ ތަރުޖަމާނަކަށް އަނަސް

3 ނޮވެންބަރު 2022 - 19:18 0

އަނަސް: އެމްޑީޕީގެ އާ ތަރުޖަމާނަކަށް ވަނީ އައްޔަންކޮށްފައި - ފޮޓޯ: އަދަދު


އެމްޑީޕީގެ އާ ތަރުޖަމާނަކަށް އަނަސް

3 ނޮވެންބަރު 2022 - 19:18 0

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ, އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް އަބްދުއްސައްތާރު އައްޔަންކޮށްފި އެވެ.

އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް އައްޔަންކޮށްފައިވާކަން މިއަދު އެ ޕާޓީން ހާމަކޮށްފައިވާއިރު, އޭނާއަކީ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލިސްގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ބޭފުޅާ އެވެ. އޭގެއިތުރުން އަނަސް މި ވަގުތު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

ގާނޫނީ ވަކީލް އަނަސް މީގެކުރިން ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

އޭގެފަހުން, އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް ޕްރައިމަރީގަ އަދި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އަނަސް ވާދަކުރެއްވި އެވެ. ނަމަވެސް, އެ ދެ އިންތިހާބުގައި ވެސް އަނަސްއާ ކުރިމަތިވީ ނާކާމިޔާބެވެ.

އެމްޑީޕީގެ އާ ތަރުޖަމާނަކަށް އަނަސް އައްޔަންކޮށްފައިވާއިރު, މީގެކުރިން އެ މަގާމުގައި ހުންނެވީ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމަށެވެ. އެކަމަކު, އެ އިންތިހާބުގައި އޭނާއަށް ކާމިޔާބެއް ނުލިބުނެވެ.

އެމްޑީޕީގެ މިހާރުގެ ޗެއާޕާސަންއަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.