ވިޔަފާރި މަސްލަހަތު އޮތް މީހެއްގެ މައްސަލަ ބެލި ގޮއިދޫ މެޖިސްޓްރޭޓް ވަކިކުރަނީ

1 ނޮވެންބަރު 2022 - 08:25 1

މުހައްމަދު އުޝާމް

މ


ވިޔަފާރި މަސްލަހަތު އޮތް މީހެއްގެ މައްސަލަ ބެލި ގޮއިދޫ މެޖިސްޓްރޭޓް ވަކިކުރަނީ

1 ނޮވެންބަރު 2022 - 08:25 1

ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓެއްގެ ގޮތުގައި އައްޔަންކޮށްފައިވާ އަހުމަދު ނިޝާރު، އޭނާއާ ހަވާލުކޮށްފައިވާ ފުޅަދޫ ކޯޓުގައި އޮތް އޭނާގެ ވިޔަފާރި މަސްލަހަތު އޮތް މީހެއްގެ މައްސަލައަކާ ހަވާލުވުމުން މެޖިސްޓްރޭޓް މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދައުވާއެއްގައި ދައުވާ ލިބުނު މީހާއާ އެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން އެ މައްސަލަ ބެލމުން މެޖިސްޓްރޭޓް ނިޝާރު އެންމެ ފުރަތަމަ ތަނާޒުލް ވެސް ވި އެވެ. އަދި އެ މައްސަލަ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ވެސް ކުރި އެވެ.

އެކަމަކު ފަހުން އަމިއްލައަށް މައްސަލަ ބެލުމާ ހަވާލުވެ ޝަރީއަތް ހިންގާފައިވާއިރު، ކުރިން އެ މައްސަލައިން ތަނާޒުލްވި ސަބަބު ހަމަ އެ ގޮތުގައި ދެމި އޮތް ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

ފަހުން ޝަރީއަތް ހިނގަމުން ދިޔަ ގޮތުންނާއި މައްސަލާގައި ހިނގާފައި އެހެން ވެސް ކަންކަމަށް ބަލާއިރު، މަގާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަ ގޮތުގައި ބޭނުންކޮށް ނާޖާއިޒު މަންފާއެއް ހޯދުމުގެ ގަސްތުގައި ކުރި ކަމެއް ކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ނިޝާރާ ގުޅޭ ގޮތުން ޖޭއެސްސީއަށް ޝަކުވާ އައުމުން، އެ މައްސަލަ ތަހުގީގު ކުރަން ފެށި އިރު، 14 ދުވަހުގެ މުއްދަތަކަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑް ވެސް ކުރި އެވެ.

ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ފަހު، ވަކިކުރަން ޖޭއެސްސީއަށް ފެނިއްޖެ ނަމަ އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ އެވެ. ފަނޑިޔާރަކު މާގަމުން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެއީ ގާނޫނީ އިޖުރާއަތް ލިޔެފައި އޮންނަ ގޮތެވެ.

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން


ފިތާ

over 2 years ago

ފަނޑިޔާރުން ކުށެއް ކުރީމަ ކަނޑާލުމުގެ އިތުރުން އެހެންކަމެއް ނުކުރޭ، އެހެންމީހުން ވަޒީފާއިން ވަކިކޮށްފަ ދައުވާކޮށް މައްސަލަބަލާ ހުކުމްކުރޭ.ކިހިނެއް މިވަނީ..