Advertisement

މަންޓާ ބޮޑުތިލަދުންމަތި ޕްރޮމޯޝަން ފަށައިފި، އެއްކޮޅު ޓިކެޓް 1،300ރ.

26 އޮކްޓޯބަރު 2022 - 21:06 0

މަންޓާ އެއާގެ މަތިންދާ ބޯޓެއް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މަންޓާ ބޮޑުތިލަދުންމަތި ޕްރޮމޯޝަން ފަށައިފި، އެއްކޮޅު ޓިކެޓް 1،300ރ.

26 އޮކްޓޯބަރު 2022 - 21:06 0

މަންޓާ އެއާގެ ހާއްސަ ދަތުރުތަކެއް ހޯރަފުށްޓަށް ޝެޑިއުލްކޮށް، ޕްރޮމޯޝަނެއް ފަށައިފި އެވެ.

ނޮވެމްބަރު 1 އިން 4 އަކަށް ބާއްވާ މި ދަތުރުތަކުގެ ޓިކެޓް ވިއްކުމަށް މަންޓާއިން ފަށާފައިވަނީ ބޮޑުތިލަދުންމަތީ ޕްރޮމޯޝަން އެވެ. މި ޕްރޮމޯޝަންގައި ކޮޅަކަށް ޓިކެޓެއްގެ އަގަކީ 1،300ރ. އެވެ.

"ބޮޑުތިލަދުންމަތީ ޕްރޮމޯޝަންގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހޯރަފުށީ އެއާޕޯޓާ ދެމެދު ކޮންމެ ކޮޅަކަށް މީހަކަށް 1300ރ. އަށް ޓިކެޓް ލިބޭނެ،" މަންޓާއިން ބުންޏެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ދުވާލަކު ދެ ފްލައިޓު ހޯރަފުއްޓަށް ބާއްވާނެ އެވެ.

މަންޓާ އެއާގެ އުދުހުން ފުޅާކޮށް، މާލެ އާއި ހޯރަފުއްޓާ ދެމެދު ޗާޓަރު ދަތުރުތައް ފެށީ ސެޕްޓެމްބަރު 4 ގަ އެވެ.

މަންޓާއިން ކޮންމެ ދުވަހަކު ހޯރަފުއްޓަށް ޗާޓަރު ދަތުރެއް ކުރަން ނިންމީ ޖޭއޭ މަނަފަރު ރިސޯޓާއެކު ހެދި އެއްބަސްވުމުގެ ދަށުންނެވެ.