Advertisement

ކައުންސިލްގެ ތުހުމަތު؛ އަބްދުﷲ ރަޝީދު ފަރުވާއަށް ގެންދަން ފުލުހުން ލަސްކުރި

26 އޮކްޓޯބަރު 2022 - 17:04 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހޯނޑެއްދޫ މަތިން ނަގާފައިވާ ފޮޓޯއެއް؛ އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެ ރަށު ކައުންސިލުން ތުހުމަތުކޮށްފި - ފޮޓޯ: ފޭސްބުކް


ކައުންސިލްގެ ތުހުމަތު؛ އަބްދުﷲ ރަޝީދު ފަރުވާއަށް ގެންދަން ފުލުހުން ލަސްކުރި

26 އޮކްޓޯބަރު 2022 - 17:04 0

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ރޭ މަރުވި އަބްދުﷲ ރަޝީދު ފަރުވާއަށް ގެންދިއުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ގދ. ހޯނޑެއްދޫ ކައުންސިލުން ތުހުމަތުކޮށް ބަޔާނެއް ނެރެފި އެވެ.

ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަށް އެރުވި ވަގުތު އޭނާ ފަރުވާއަށް ގެންދަން އެދުމުން ވެސް އެ ކަމަށް އިންކާރުކޮށްފައިވާ ހޯނޑެއްދޫ ކައުންސިލުން ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

އޭރު އެ ވަގުތު ބަނދަރު ސަރަހައްދުގައި ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަޑައިގެން އެ ކަމަށް އެދެމުން ދިޔަ ކަމަށް ކައުންސިލް ބަޔާނުގައިވެ އެވެ.

".. އަދި މީގެ އިތުރުން ލޯންޗު ތެރޭގައި އޭނާ މެޔަށް ތަދުވާ ކަމަށް ބުނަމުން ދިޔަ ކަމަށާއި އެހެން ނަމަވެސް ފުލުހުން މި ކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާ ކަން ވެސް ފާހަގަ ކުރެވެ އެވެ." ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ސޮއިކުރައްވައި ނެރުނު ބަޔާނުގައިވެ އެވެ.

މި މައްސަލާގައި، ފުލުހުންގެ ތެރެއިން އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހޯނޑެއްދޫ ކައުންސިލުން ގޮވާލާފައިވެ އެވެ.

އިއްޔެ ގދ. ހޯޑެއްދޫއިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާގެ އިތުރުން އަދި ދެ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ހަމަޖެހިފައިވާއިރު، އޭނާގެ ހަށިގަނޑު ވަނީ ރޭގެ ވަގުތެއްގައި މާލެ ގެނެސްފަ އެވެ.

އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ތުހުމަތުކުރާއިރު، އޭނާ ހައްޔަރުކުރަން ދިޔަ ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.