Advertisement

12 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބަލަހައްޓަން ސްޓެލްކޯއާއެކު އެއްބަސްވެއްޖެ

24 އޮކްޓޯބަރު 2022 - 17:27 0

ނިމާ ހަސަން

ނިމާ ހަސަން

މަގުބައްތި މަރާމާތުކޮށް ބަލަހައްޓަން ސްޓެލްކޯއާއެކު 12 ރަށަކުން އެއްބަސްވުމުގައި ސޮއި ކުރުން


12 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބަލަހައްޓަން ސްޓެލްކޯއާއެކު އެއްބަސްވެއްޖެ

24 އޮކްޓޯބަރު 2022 - 17:27 0

12 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ރަށު ކައުންސިލްތަކާއެކު ސްޓެލްކޯއިން އެއްބަސްވެއްޖެ އެވެ.

މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކ އަތޮޅުގެ ހަތް ރަށަކާއި ވ އަތޮޅުގެ ފަސް ރަށެއްގެ ކައުންސިލާއެކު އެވެ. އެއީ، ކ. ގާފަރު، ދިއްފުށި، ތުލުސްދޫ، ހިންމަފުށި، ގުޅި، މާފުށި، ގުރައިދޫގެ އިތުރުން ވ. ފުލިދޫ، ތިނަދޫ، ފެލިދޫ، ކެޔޮދޫ އަދި ރަކީދު އެވެ.

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދެމުން ގެންދަނީ ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުން އއ، އދ، ވ، އަދި ކ. އަތޮޅަށެވެ.

މަގުބައްތި މަރާމާތުކޮށް ބެލެއްޓުމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކުރި 12 ކައުންސިލުގެ ތެރެއިން ޕީޕީއެމްގެ ފަސް ކައުންސިލް، އެމްޑީޕީގެ ހަތަރު ކައުންސިލުގެ އިތުރުން، މިނިވަން ތިން ކައުންސިލް ހިމެނެ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވީ ކަރަންޓުގެ ހިދުމަތް ދިނުމަކީ އަސާސީ ހިދުމަތެއް ކަމަށާއި، އެ ހިދުމަތް ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ކުލައެއް ނުޖައްސަވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ސިޔާސީ ގޮތުން ވަކި ޕާޓީއަކަށް ނިސްބަތްވާތީ ވަކި ފެންވަރަކަށް ހިދުމަތް ދިނުމުގެ އުސޫލެއް ސްޓެލްކޯއިން ނުގެންގުޅޭނެ ކަމަށެވެ.

މަގުބައްތި މަރާމާތުކޮށް ބެލެއްޓުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ޝަރީފު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އޭނާ ވިދާޅުވީ މާލެ އަތޮޅުގެ ހުރިހާ ރަށަކަށްހެން ޒިޔާރަތް ކުރެވިއްޖެ ކަމަށާއި، ކައުންސިލުތަކުން ލިބުނު އެއްބާރުލުން ބޮޑު ކަމަށެވެ. އަދި ސިޔާސީ ހިޔާލު ތަފާތުވުން ހުރި ނަމަވެސް އެއް މޭޒަކަށް އަރައި އާންމު މައްސަލައެއްގައި މަޝްވަރާ ކުރެވޭ ކަމަށާއި އެއީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރުންގެ ސިޔާސީ މެޗޫރިޓީ އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

"އޭގެ މާނައަކީ ސިޔާސީ ފިކުރުގައި ރައްޔިތުންނަށް ހިދުމަތް ދިނުން ހުއްޓާލާށެކޭ ނޫން. ކ އަތޮޅު ކާށިދޫ ކައުންސިލަރުން ގަބޫލު ކުރައްވާ ގޮތުގައި އަޅުގަނޑުމެންނަށް މި ހިދުމަތް ރައްޔިތުން އެދޭ ގޮތަކަށް ނުދެވޭނެ،" މިއަދުގެ ސޮއި ކުރުމުގެ ރަސްމިއްޔާތަށް ކާށިދޫ ކައުންސިލުން ނުދާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވި އެވެ.

އެމޭރުމުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދިނުމަށް އެންމެ ފުރަތަމަ އުފެއްދި ސްޓެލްކޯއަށް އެކަން ނުކުރެވޭ ކަމަށްވާނަމަ ރާއްޖޭގައި އެކަން ކުރެވޭނެ ބަޔަކު ނުތިބޭނެ ކަމަށެވެ.

އަދި ހިޔާލު ތަފާތުވުން ހުރި ނަމަވެސް ރައްޔިތުންނަށް ހިދުމަތް ދެވިދާނެ ކަމަށާއި، އަދިވެސް ސްޓެލްކޯގެ ދޮރު ހުރީ ކާށިދޫ ކައުންސިލަށް ހުޅުވާލެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.