Advertisement

ދަރިވަރުންނަށް ރިވެތި އަހުލާގާއި އުސޫލު ދަސްކޮށްދޭ ޕްރޮގްރާމް ފަށައިފި

22 އޮކްޓޯބަރު 2022 - 13:13 1

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: ރައީސް އޮފީސް


ދަރިވަރުންނަށް ރިވެތި އަހުލާގާއި އުސޫލު ދަސްކޮށްދޭ ޕްރޮގްރާމް ފަށައިފި

22 އޮކްޓޯބަރު 2022 - 13:13 1

މަތީ ގްރޭޑުތަކުގެ ސުކޫލު ކުދިންގެ ގައިގައި ރިވެތި އަހުލާގާއި އުސޫލުތައް އަށަގެންނެވުމަށް އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ހާއްސަ ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ތާޖުއްދީން ސުކޫލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި "ދަ ލީޑާ އިން މީ" ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މިއީ ދަރިވަރުންގެ ގައިގައި ރިވެތި އަހުލާގާއި ދިވެހި އިސްލާމީ މުޖުތަމައަށް ފައިދާ ހުރި ކުއްޖަކަށް ވުމަށް ބޭނުންވާ އަގުތައް އަށަގެންނެވުމުގެ އަމާޒުގައި ފަށާ ޕްރޮގްރާމެއް ކަމަށެވެ.

"މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ގައުމީ މަންހަޖުގައި ހިމެނިފައިވާ އަގުތައް ދަރިވަރުންގެ ގައިގައި އަށަގެންނެވުމަށް ސުކޫލުގެ ތެރެއިން ކުރެވޭ މަސައްކަތަށް އިތުރު ބާރެއް އެޅުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމީ މަންހަޖުގައި ހާސިލްކުރަން ފާހަގަކޮށްފައިވާ އަގުތައް ބަހާލެވިފައިވަނީ ހަތަރު ބައެއްގެ މައްޗަށް ކަމަށެވެ. އެއީ ތިމާގެ އަމިއްލަ ނަފުސާ ގުޅުންހުރި އަގުތަކާއި އާއިލާ އާއި އަނެކުންނާ ގުޅުންހުރި އަގުތަކާއި ގައުމީ އަދި ބައިނަލްއަގުވާމީ މުޖުތަަމައާ ގުޅޭ އަގުތަކުގެ އިތުރުން ތިމާވެއްޓާ ގުޅުން ހުރި އަގުތައް ކަމަށެވެ.

މި ޕްރޮގްރާމު ރާވައި ފެސިލިޓޭޓް ކޮށްދެއްވަނީ ހުސައިން އަފީފާއި މަސްއޫދު އަލީ އެވެ. ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ދަރިވަރުންނަށް ނަންގަވައިދެއްވާފައިވަނީ ކަސްޓަމާ ސާވިސް ޓްރެއިނިން ދިނުމުގެ އިތުރުން ހަޔާތުގައި ކާމިޔާބީ ހޯދާނެ ގޮތްތައް ކިޔައިދީ، މި މަގަށް މީހުންނަށް ހިތްވަރު ދިނުމުގައި މަސައްކަތް ކުރައްވަމުން އަންނަ މަސްއޫދެވެ.