Advertisement

އިންޑިއާއިން ކޮވިޑް ވެކްސިންގެ 100 މިލިއަން ޑޯޒް ނައްތާލައިފި

22 އޮކްޓޯބަރު 2022 - 08:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގައި ދޭ ކޮވިޑް ވެކްސިންގެ 90 ޕަސެންޓަކީ ކޮވިޝީލްޑް. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިންޑިއާއިން ކޮވިޑް ވެކްސިންގެ 100 މިލިއަން ޑޯޒް ނައްތާލައިފި

22 އޮކްޓޯބަރު 2022 - 08:32 0

އިންޑިއާގައި ކޮވިޑް ވެކްސިންގެ 100 މިލިއަން ޑޯޒްގެ މުއްދަތު ހަމަވުމުން އެ ތަކެތި ނައްތާލާފައިވާ ކަމަށް ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހު އެސްއައިއައިގެ ސީއީއޯ އާދަރް ޕޫނަވައްލަ ވިދާޅުވީ ކޮވިޝީލްޑް ވެކްސިނަށް ޑިމާންޑް ކުޑަވުމުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ވެކްސިން އުފެއްދުން ހުއްޓާލި ކަމަށެވެ.

ކޮވިޝީލްޑަކީ އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން އަސްލަކަށް ބަަލައިގެން، އިންޑިއާގައި އުފެއްދި ވެކްސިނެކެވެ. އެ ވެކްސިން އުފެއްދި ސެރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުންޏެވެ.

އިންޑިއާގައި ދޭ ކޮވިޑް ވެކްސިންގެ 90 ޕަސެންޓް ހިއްސާކުރަނީ ކޮވިޝީލްޑެވެ. އެ ގައުމުގައި މިހާތަނަށް ކޮވިޑާ ދެކޮޅަށް ވެކްސިންގެ ދެ ބިލިއަން ޑޯޒް ދީފައިވެ އެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާބާދީގެ 70 ޕަސެންޓަށް ވުރެ ބޮޑު ބައެއް ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފަ އެވެ.

އިންޑިއާގައި ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިންގައި އުޅޭ މުވައްޒަފުން އަދި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް ދޭން ފެށީ ޖެނުއަރީގަ އެވެ. މިހާރު އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ބޫސްޓާ ޑޯޒް ޖަހަ އެވެ.

އެކަމަކު މިހާތަނަށް ޖެހީ 298 މިލިއަން ބޫސްޓާ ޑޯޒެވެ. ސެރަމް އިންސްޓިޓިއުޓްގެ ސީއީއޯ ޕޫނަވައްލަ ވިދާޅުވީ ބޫސްޓާ ޑޯޒަށް އާއްމުންގެ ތަރުހީބު ކުޑަ ކަމަށެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ ސްޓޮކްގައި ކޮވިޝީލްޑްގެ 100 މިލިއަން ޑޯޒް ހުރި ކަމަށެވެ. އެ ތަކެތީގެ އުމުރަކީ އުފައްދާ ތާރީހުން ފެށިގެން ނުވަ މަހެވެ. އޭގެ މުއްދަތު ހަމަވީ ސެޕްޓެމްބަރު މަހު އެވެ.