Advertisement

އިންޓަޕޯލްގައި ހިދުމަތްކުރުމަށް ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކަށް ފުރުސަތު

18 އޮކްޓޯބަރު 2022 - 17:08 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ދިވެހި ފުލުހުންތަކެއް؛ އިންޓަޕޯލްގައި ހިދުމަތްކުރުމަށް ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކަށް ފުރުސަތު - ފޮޓޯ: ރައީސް އޮފީސް


އިންޓަޕޯލްގައި ހިދުމަތްކުރުމަށް ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކަށް ފުރުސަތު

18 އޮކްޓޯބަރު 2022 - 17:08 1

އިންޓަޕޯލް ހެޑްކުއާޓަރުގައި ހިދުމަތް ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިއްޖެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު ފުރުސަތުގައި ޗީފް އިންސްޕެކްޓަރެއް ފްރާންސްގެ ލިޔޯންގައި ތިން އަހަރުގެ މުއްދަތަކަށް އިންޓަޕޯލަށް ހިދުމަތް ކުރަން ހުންނަން ޖެހޭނެ ކަމަށެވެ.

ހިދުމަތް ކުރުމަށް ކަނޑައެޅޭ އޮފިސަރު ހޮވުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން އިންޓަޕޯލް އިން ނިންމާނެ ކަމަށް ވެސް ހަމީދުގެ ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.

"މިއިން އެނގިގެން ދަނީ ކުށްކުރުމާ ދެކޮޅަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތް ބައިނަލް އަގްވާމީ ފެންވަރުގައި ވެސް ފާހަގަ ކުރެވިގެންދާ ކަން،" ހަމީދު ކުރެއްވި ޓްވީޓްގައިވެ އެވެ.

ހަމީދު ވިދާޅުވީ މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލުކަން ތަރައްގީ ކުރުމަށް ވެސް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށެވެ.