Advertisement

މި އަހަރުގެ ބުކާ ޕްރައިޒް އެވޯޑް ސްރީލަންކާގެ ލިޔުންތެރިޔަކަށް

19 އޮކްޓޯބަރު 2022 - 07:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލިޔުންތެރިޔާ ޝެހާން ކަރުނަތިލަކައަށް ލިބުނު އެވޯޑާއި އޭނާ ލިޔުނު ފޮތް ހިފައިގެން.


މި އަހަރުގެ ބުކާ ޕްރައިޒް އެވޯޑް ސްރީލަންކާގެ ލިޔުންތެރިޔަކަށް

19 އޮކްޓޯބަރު 2022 - 07:26 0

މި އަހަރުގެ ބުކާ ޕްރައިޒް އެވޯޑް ސްރީލަންކާގެ ލިޔުންތެރިޔާ ޝެހާން ކަރުނަތިލަކަ ލިޔުނު ފޮތް "ދަ ސެވަން މޫންސް އޮފް މާލީ އަލްމެއިދާ" އަށް ލިބިއްގެ އެވެ.

"ސުޕާނެޗުރަލް ސެޓަޔާ"އެއްގެ ގޮތުގައި ލިޔުނު އެ ފޮތުގައި ހިމެނެނީ ފޮޓޯގްރާފަރެއް މަރުވުމަށް ފަހު ތެދުވެ، އޭނާ ނެގި ފޮޓޯތައް ހޯދައި، ހަނގުރާމައެއްގެ އަނިޔާވެރިކަން ހާމަކުރުމަށް ހަތް ދުވަސް ތެރޭ ކުރާ މަސައްކަތެވެ.

ކަރުނަތިލަކައަށް އެވޯޑް އެރުވީ އިނގިރޭސިވިލާތުގެ ކުއީން ކޮންސޯޓް ކެމިލާ އެވެ. ކަރުނަތިލަކަ ބުނީ އެވޯޑަށް ނޮމިނޭޓްވުމަކީ ވެސް ލިބުނު ފަހުރެއް ކަމަށެވެ.

އެވޯޑް ހަފުލާގެ ހާއްސަ މެހެމާނަކީ ފޮތް ކިޔުމަށް ލޯބިކުރާ ޕޮޕް ލަވަކިޔުންތެރިޔާ ދުއާ ލިޕާ އެވެ. ބުކާ ޕްރައިޒްއަކީ އިނގިރޭސިވިލާތުގައި އިނގިރޭސި ބަހުން ޝާއިއު ކުރާ ހިޔާލީ ވާހަކަ ފޮތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ފޮތަކަށް ދޭ ޝަރަފުވެރި އެވޯޑެކެވެ.

މި އަހަރު ނޮމިނޭޓްވި ފޮތްތައް.


އަަހަރުގެ އެންމެ މޮޅު ފޮތަށް އެވޯޑާ އެކު 50،000 ޕައުންޑްގެ ފައިސާގެ އިނާމެއް ލިބެ އެވެ. އޭގެ އިތުރުން ނޮމިނޭޓްވާ ފަސް ލިޔުންތެރިންނަށް ވެސް 2،500 ޕައުންޑް ލިބެ އެވެ.

ކަރުނަތިލަކަ ބުނީ ސްރީލަންކާގެ ދާހިލީ ހަނގުރާމަ ނިމުމުން، މަރުވި މީހުންގެ ނަޒަރުން ފޮތެއް ލިޔަން އޭނާ ވިސްނީ 2009 ވަަނަ އަހަރުގައި ކަމަށެވެ.

"ދަ ސެވަން މޫންސް އޮފް މާލި އަލްމެއިދާ" އަކީ ކަަރުނަތިލަކަގެ ދެ ވަނަ ފޮތެވެ. މީގެ ކުރިން އޭނާ ލިޔުނު "ޗައިނާމޭން" ފޮތަށް ވަނީ ކޮމަންވެލްތު ބުކާ ޕްރައިޒް އެވޯޑް ލިބިފަ އެވެ.

މި އަަހަރުގެ ބުކާ ޕްރައިޒް އެވޯޑަށް 170 ފޮތެއް ހުށަހެޅި އެވެ. ފަނޑިޔާރުން ހުރިހާ ފޮތެއް ކިޔުމަށް ފަހު 30 ފޮތެއް އިހްތިޔާރު ކުރި އެވެ. އެ 30 ފޮތް ދެ ވަނަ ފަހަރަށް ކިޔުމަށް ފަހު އެންމެ މޮޅު ހަ ފޮތް ނޮމިނޭޓްކުރި އެވެ. އެވޯޑް ލިބޭ ފޮތް ހޮވީ އެ ހަ ފޮތް ތިން ވަނަ ފަހަރަށް ކިޔުމަށް ފަހު އެވެ.