Advertisement

އެލްބިއަން ފިހާރައަށް އެމާސަން އިންޖިއަނިއަރިންގެ ނަމުގައި ގޮތްޕެއް އިތުރުކޮށްފި

5 ނޮވެންބަރު 2022 - 08:50 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ހާޑުވެއާ ފިހާރަ؛ އެ ފިހާރަ ހުންނަނީ ބޮޑުތަކުރުފާނު މަގު، އެމްޕީއެލް ކައިރީގައި -- ފޮޓޯ: މިރާޝް/އަދަދު


އެލްބިއަން ފިހާރައަށް އެމާސަން އިންޖިއަނިއަރިންގެ ނަމުގައި ގޮތްޕެއް އިތުރުކޮށްފި

5 ނޮވެންބަރު 2022 - 08:50 0

ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑުވެއާ ވިޔަފާރިކުރާ އެލްބިއަން ސްޓޯރުގެ އެމާސަން އިންޖިނިއަރިންގެ ނަމުގައި ގޮތްޕެއް ހުޅުވައިފި އވެ.

ރާއްޖޭގެ އިލެކްޓްރިކަލް އިންޖިނިއަރިން ޓެކްނޮލޮޖީގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމުގެ އަޒުމުގައި އެެެލްބިއަން އިން ތައާރަފުކޮށްފައި ވަނީ ދުނިޔޭގެ މަޝްހޫރު އިލެކްޓްރިރަލް ބުރޭންޑުތަކުގެ ސާމާނެވެ. އޭގެތެރޭގައި ޑޮމެސްޓިކް، ކޮމާޝަލް އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ބޭނުންވާ އެކި ސާމާނު ހިމެނެ އެވެ.

އެލްބިއަން ސްޓޯރުގައި އިންޖިނިއަރިން ސާމާނަށް ހާއްސަކޮށްފައިވާ އެމާސަން އިންޖިނިއަރިން ގޮފި -- ފޮޓޯ: މިރާޝް/އަދަދު


އެމާސަން އިންޖިނިއަރިންގެ ގޮފި ހުންނާނީ ބޮޑުތަކުރުފާނު މަގު، މާފަންނު އެމްޕީއެލް ކައިރީގައި ހުންނަ އެލްބިއަން ސްޓޯރުގަ އެވެ.

ތިރީސް ތިން އަހަރުގެ ތަޖުރިބާއާއެކު ހިންގަމުން އަންނަ އެލްބިއަން ސްޓޯރުގެ ވިޔަފާރިއަށް އިތުރު ކުރެވުނު މި ބޮޅާ އެކު ފަރަންސޭސި ވިލާތުގެ މަޝްހޫރު ސްނައިޑާ އިލެކްޓްރިކް ބުރޭންޑާއި، ޖަރުމަނުގެ މަޝްހޫރު ހެންސެލް ބުރޭންޑުގެ އިތުރުން ތުރުކީގެ މަޝްހޫރު އިމާސް ފަދަ މަގުބޫލުކަން ހޯދާފައިވާ ބުރޭންޑުތަކުގެ ސާމާނު އެ ފިހާރައިން ވިއްކަ އެވެ.

އެމާސަން އިންޖިނިއަރިންގެ ހަރުތަކުން ވަޔަލެސް ސްޕީކަރާއި، ސެކިއުރިޓީ މޮނިޓަރިން ސިސްޓަމްތަކާއި، ސްމާޓް ލައިޓިންގެ އިތުރުން ސްމާޓް ލޮކް އަދި ވީޑިއޯ ޑޯބެލް ފަދަ "ސްމާޓް ހޯމް" އަކަށް ބޭނުންވާ ހުރިހާ ސާމާނު ލިބޭނެެ އެވެ.

އޭގެ އިތުރުން އިންޖިނިއަރިން ދާއިރާއާއި ގުޅުންހުރި ތަފާތު ހިދުމަތްތައް ވެސް އެ ފިހާރައިން ފޯރުކޮށްދެމުން ދާނެ އެވެ. އޭގެތެރޭގައި އިންޑަސްޓުރިއަލް ވަޔަރިންއާއި، ޕެނަލް ބިލްޑިން އަދި އިންސްޓޮލޭޝަން ހިދުމަތުގެ އިތުރުން ޓުރާންސްފޯމަރު ސަޕްލައި ކޮށްދިނުމާއި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ދޭނެ އެވެ.

އެލްބިއަން ސްޓޯރުގައި ވިއްކަން ބަހައްޓާފައި ހުރި ޕެނަލް ބޯޑެއް. އެ ފިހާރައިން ޕެނަލް ބިލްޑު ކޮށްދިނުމުގެ އިތުރުން އިންސްޓޯލް ވެސް ކޮށްދެ އެވެ. -- ފޮޓޯ: މިރާޝް/އަދަދު


އެމާސަން އިންޖިނިއަރިންގެ ނަމުގައި އިތުރު ކުރެވިގެން ދިޔަ ގޮތްޕަކީ ފާއިތުވި ދިގު ތާރީހުގައި އެ ކުންފުނިން ހޯދާފައިވާ ކާމިޔާބާއި ކަސްޓަމަރުންގެ ފަރާތުން އެ ކުންފުންޏަށް ލިބިފައިވާ އިތުބާރު އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ.

އެލްބިއަންއަކީ ގިނަ ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ހާޑުވެއާ ފިހާރަ އެވެ. އެ ފިހާރައަކީ ކަސްޓަމަރުންނަށް އަތްފޯރާ ފަށުގައި އަބަދުވެސް ކޮލެޓީ ރަނގަޅު އުފެއްދުންތަކެއް ވިއްކާ ފިހާރައެއް ގޮތުގައި މަޝްހޫރު ތަނެކެވެ. އެގޮތުން އެ ފިހާރައިގައި މިހާރު ވެސް މެގަ ސޭލުގެ ނަމުގައި ޕުރޮމޯޝަނެއް ކުރިއަށް އެބަ ދެއެވެ. އެ ޕުރޮމޯޝަނުގެ ދަށުން އެ ފިހާރައިން ވިޔަފާރު ކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ދުވަހަކު ނަސީބުވެރި އެއް ފަރާތަކަށް 1000ރ. ލިބެ އެވެ.