16 އޮކްޓޯބަރު 2022 - 10:10 38
މުހައްމަދު އުޝާމް
މާލޭގެ މޭޔަރު ޑރ. މުއިއްޒު؛ މުއިއްޒަށް ކުރާ ދޮގު ބަޔާނުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
16 އޮކްޓޯބަރު 2022 - 10:10 38
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި, މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާނެއް ދިނުމުގެ ދައުވާ ފުރިހަމަ ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލްކުރިއިރު ހައުސިން މިނިސްޓަރަށް ހުންނެވި މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި އޭނަގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ދޮގު ބަޔާން ދިނުމުގެ ދައުވާ ފުރިހަމަނުވާ ކަމަށް ހުށަހަޅައިފަ އެވެ. އެއީ، ދައުވާގައި ކުށުގެ އަމަލު ހިންގި ތަން ބުނެފައި ނުވާތީ އެވެ.
ނަމަވެސް، މުއިއްޒުގެ ފަރާތުން ދަށު ކޯޓުގައި ހުށަހަޅާފައިވާ އެއްވެސް ހުށަހެޅުމެއް ބަލައިގެންފައެއް ނުވެ އެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދަށު ކޯޓުގައި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ލިބިދޭ ހައްގުގެ ބޭނުންކޮށް މުއިއްޒު ވަނީ ހައި ކޯޓުގައި ހުށަހެޅުމެއް އިސްތިއުނާފުކޮށްފަ އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މުއިއްޒުގެ ފަރާތުން އިސްތިއުނާފްކުރި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިބްތިދާއީ މަރުހަލާގެ ވާހަކަ ބަޔާން ކުރާ މައްދާއަށް ރިއާޔަތްކޮށް ކަމަށެވެ. އެހެންވެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އިސްތިއުނާފަށް ބަލައިނުގަނެވޭނެ ކަމަށެވެ.
މުއިއްޒަށް ކުރާ ދައުވާ ފުރިހަމަނުވާ ކަމުގެ ބަހުސް ހައިކޯޓަށް
މުއިއްޒަށް ކުރާ ދައުވާ ފުރިހަމަނުވާ ކަމުގެ ބަހުސް ހައިކޯޓަށް
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ނިންމާ ނިންމުންތަކަކީ މަދަނީ މިންގަނޑުން ބެލުމަށްފަހު ނިންމާ ނިންމުންތަކަކަށް ވާތީ، ޝަރީއަތުގެ މަރުހަލާގައި އަދި އެ ބަހުސް ކުރެވޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
މި ހުކުމް އެ ގޮތަށް ކަނޑައެޅީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.
މުއިއްޒަށް ކުރާ ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.
ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމަށެވެ.
މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުއުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވެސް މުއިއްޒު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އެއްވެސް ބަޔާނެއް ދީފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން، އެއްވެސް ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޒަހޫރު
over 2 years ago
އެންމެ ފުރަތަމަ ކަމަކަށް ތި ދަޢުވާ މުޢިއްޒު އަށް ކުރެވިގެންވެސް ނުވާނެ. ތިއީ ބޮޑުތަނުން ބާތިލް ދަޢުވާއެއް. ވެރިކަމަށް އައިސް ނޫމަޑިއަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބަދަލުދީފަ އަދިވެސް ކުރީ ސަރުކާރުގެ ވަޒީރު ފަހަތުން ތި ދުވަނީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް. ތިކަމެއް ނުވާނެ
ޖިންޓެ
over 2 years ago
މި ސަރުކާރަކަށް ތަރައްޤީ ނުކުރެވުނެއް ނޫންތޯ؟ ތަރައްޤީ ކުރާ ބޭފުޅަކަށް ވެސް ހަމަޖެހިލައިގެން ނުހުރެވޭނެތޯ؟ ކީއްތީ މިވަނީ؟ މުޢިއްޒު ތަރައްޤީގެ ބާރުމިނަކީ އެބޭފުޅާގެ ކުއްތޯ؟ ތިބޭފުޅުންވެސް ތަރައްޤީ ގެނެސްދޭންވީނުންތޯ؟
ޕެސްޓް
over 2 years ago
ރައްޔިތުންގެ އަތާއި އަނގަޔާ ދިމާނުވާއިރު މި ސަރުކާރުން 5 އަހަރު ނިމޭއިރުވެސް ކުރީ ސަރުކާރުގެ ވެރިން ފަހަތުން ދުވުން ނޫންކަމެއް ނުކުރޭ. ތި ކުރާ މަސައްކަތްތަކަށް ރައްޔިތުން އާނއެކޭ ނުބުނާނެ. ރައްޔިތުން ބޭނުންވަނީ ލާރި ލިބޭ ވަސީލަތްތައް. މާލޭގެ ތަރައްޤީއަށް މުއިއްޒު މަސައްކަތް ކުރަން ނޫކޮއްލަންވީނުންތޯ؟
އަނަފް
over 2 years ago
ސިޔާސީ ދައުވާ ކުރުން ނޫންކަމެއް މިސަރުކާރު އައިފަހުން އެބަ ކުރޭތޯ؟ މި ސަރުކާރުން ރައްޔިތުންނަށް ވަޢުދުވީ ސިޔާސީ ފަރާތްތައް ފަހަތުން ދުވަންތޯ؟ ރައްޔިތުންނަށް ފައިދާކުރަނިވި ކަމެއް ކުރާނީ ކޮންއިރަކުތޯ؟
ޝައުފާ
over 2 years ago
މީހެއްގެ ސިޔާސީ ކެރިޔަރު ދުއްވާލަން އެމްޑީޕީއަކީ ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ ކަމެއް. އެއީ އެމްޑީޕީ ކަށީގައި ހިފާފަ ހުރި ކަމެއް. ނޫމަޑިއަށް ދިން ތަންތަނުގެ އެއްވެސް މަސައްކަތެއް ކޮއްފައެއް ނެތޭ. ދެން ކޮން ބަދަލެއް. ރައްޔިތުން ދައުލަތަށް ދޭހާ ލާރިއެއް ކަނޑަކަށްނު މި އަޅަނީ.
އަހުނަފް
over 2 years ago
ނޫމަޑިއަށް ބަދަލު ދީފައިވަނީ ނުހައްޤުން ރައްޔިތުންގެ ލާރިން. އެތައް ރިސޯޓެއް ހަދަން ބިން ދީފައިވާއިރު އެއްވެސް މަސައްކަތެއް ނުކޮށް އަހަރުތަކެއްވެފައިވަނިކޮށް ރައީސް ޔާމީން ސަރުކާރުން އެ އެގރީމަންޓްތައް ބާތިލް ކޮއްފައިވަނީ ޤާނޫނާއި އެއްގޮތަށް. އޭރު ކޯޓަށް ދާކަށް ނުކެރުނު.
އައްފާން
over 2 years ago
ތީގަ މީހަކު ދޮގެއް ހަދާފާނެ ސަބަބެއް ނެތް. ބޮޑު އަގުގައި ނޫމަޑިއަށް ތަންތަން ހަދަން ދިންއިރު އެއްވެސް ތަނެއްގެ މަސައްކަތް ގިނަ އަހަރުތަކެއް ވީއިރުވެސް ނުފެށޭ. ސަރުކާރަކަށް ޖީއެސްޓީއެއް ނުދައްކާ. ސަރުކާރަށް ފައިދާ ނުވަންޏާ ބާތިލް ކުރަންޖެހޭ އެއްޗެއް ބާތިލް ކުރާނެ.
މަސްސޫދު
over 2 years ago
މުއިޒް ގެ ސިޔާސީ ކެރިޔަރ ދުއްވާލަން ވެގެން އެމްޑީޕީ މީހުން އުޅޭތާ ކިތަންމެ ދުވަހެއް. ތި މައްސަލަވެސް އަތަށް ގޮވާނީ
ތަމީރު
over 2 years ago
ކޮބާ ކުރިން މުޢީޒް އޭ ކިޔާއިގެން ދެއްކިހާ ވާހަކަތައް. ކަލޭމެން ބޭޒާރުވާކަން އެކަނި
ސިދުހާން
over 2 years ago
ބަދަލު ހިފުމުގެ ރޫހު ދޫކޮށްލާ. ތީގެން ލިބޭނެ ގެއްލުން
ޝަފީގު
over 2 years ago
ތިޔަބުނާ ނޫމަޑިއެއް އަހަރެންނަށް އިގުނީވެސް މި ސަރުކާރު އައި ފަހުން. މި ސަރުކާރުގެ ވެރިން ފައިދާވާ ގޮތަށް ކަޓު ނަގައިގެން މުޢިޒް ދޯ މި ގޯސްވީ
ތައުފީޤު
over 2 years ago
މީ ދެން ބޮޑުވަރު. މި ސަރުކާރު ބޮޑުތަނުން ފެއިލް ވެއްޖެ.
ފަރުހާދު
over 2 years ago
އަހަރުމެން ހިތިއްޖެއް އެމްޑީޕީ މަތިން. ދެންދޭނެ ވޯޓެއްވެސް ނީންނާނެ. ކަލޭމެން ކައިފަ މުއިޒު ބޮލަށް ތި ޖަހަނީ. ކިހާރީތި
ފަޒުހާދު
over 2 years ago
ވެރިކަމަށް އައީ ސިޔާސީ ދައުވާ ނުކުރާނަމޭ ކިޔާއިގެން. އޭގެ އިދިކޮޅު މި ފެންނަނީ. މީ ހަމަ 100% ސިޔާސީ ދައުވާއެއް
އިސްހާގު
over 2 years ago
މޭޔަރ ހިންގާލާފަ އުޅޭތީ ހަޖަމް ނުވަނީ ދޯ. ހެހެހެހެ. އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ނިމުން ވަރަށް ކައިރި.
ޝަހުދު
over 2 years ago
ސިޔާސީގޮތުން މުއިޒް އާ ޖައްސައިލާނެ ކަމެއްނެތް. މި ސަރުކާރުގެ ވެރިންނާއި ގާތްތިމާގެ މީހުންނަށް ތީގެން ލާރި ލިބުނީ.
އީޝާދު
over 2 years ago
ހުރިހާ ބަދަލެއްދީފަ ދެން ތީގަ މުއިޒް ކުއްވެރި ކުރާނެ ކަމެއް ނެތްކަން ނޭގެ.
ފަރީދާ
over 2 years ago
މުއިޒް ވަރުގެ މީހެއް އަދި ނާދޭ....
ނޫމަން
over 2 years ago
އަހާބަލަ ނިކަން އަމީރު ކައިރީ ކަޓްގެ ގޮތުގައި ލިބުނު ވަރު؟ ފައްޔާޒް ކައިރީ ލިބުނު ވަރު؟ އަބްދުﷲ ޝާހިދު ކައިރީ ލިބުނު ވަރު؟ އޭޖީ ރިފްއަތު ކައިރީ ލިބުނު ވަރު؟ މިއީ އިގޭ މިންވަރު. ގޯސް ވީ އެކަމް ޑރ.މުޢިއްޒު
ޖިހާދް
over 2 years ago
މާލެ ރައްޔިތެއްގެ ހައިސިއްޔަތުން މިބުނަނީ. މުއިއްޒު ނޫނީ ނެތް އަހަރުމެންގެ ހައްގުގައި މަސައްކަތް ކުރާ މީހެއް. އޭނައަށް ދައުވާކޮށްގެން 2023 މަތިން ހަދާން ނައްތާލުން ޖެހޭނީ. އެއީ އަހަރުމެންގެ އުއްމީދު.
ނޫރުއްސަލާމް
over 2 years ago
އިންޝާﷲ ހައްގަށް ނަސްރު ލިބޭނެ. ތިއީ ހަމަ ކަނޑައެޅިގެން މި ސަރުކާރުގެ ވަޒީރުންނަށް ކުރަން ޖެހޭ ދައުވާއެއް. އެހެނީ ކަޓް ވަނީ އެމީހުން ޖީބަށް.
ގައްސާން
over 2 years ago
މިއަދު ބޭނުން ގޮތަކަށް ކޯޓްތަކަށް އަތްބާނައިގެން ސިޔާސީ ގޮތުން ޗެލެންޖްކޮށްލާނެ ހެން ހީވާ މީހުންނަށް ދައުވާ ތިކުރަނީ. މިވެރިން ވެރިކަމަށް އަންނަން ބުނި ސިޔާސީ ދައުވާ ނުކުރާނަމޭ.
ނާއިޒް
over 2 years ago
ޢަމީރު، ފައްޔާޒު، ޢޭޖޭ ރިއްފަތު އަދި އަބުޅޯ ޝާހިދު ކައިރީ އަހާލަބަލަ ކަޓްތައް ދިޔައީ ކިހިނެއްތޯ....
އަހްމަދުﷲ
over 2 years ago
ހީވޭ ކަމެއްހެން. މުޅި ދައުލަތުގެ ނުފޫޒް ކޯޓްތަކުގަ މިއޮތީ. މިވަރަށް ދެން ސިޔާސީ ދައުވާ ކުރެވޭނީ.
ތަލްހަތް
over 2 years ago
މިއީ ފެށުމުގައިވެސް ބާތިލް ދައުވާއެއް. އެހެނީ ވެރިކަމަށް އައިސް ބަދަލްދިނީ މިވެރިން.
ޖަމީލް
over 2 years ago
ހެޔޮ ނުވާނެ ސިޔާސީ ދައުވާނުކޮށް ރައްޔިތަކަށް ކަމެއް ކޮށްދެވޭތޯ އުޅެބަލަ. އެވެސް އަމިއްލަޔަށް ބަދަލްދީފަ.
ޢަޝްފާޤު
over 2 years ago
މި އެމްޑީޕީ މީހުންނަށް އެނގޭނީ ދޮގު ހަބަރާ ދޮގު މައުލޫމާތު ފަތުރަން... މުއިއްޒު ދިޔައީ ދައުވާ ހުއްޓުވަން ނޫން. އޮޅުވާނުލާ
އިހްސާން
over 2 years ago
100% ސިޔާސީ ދައުވާއެއް. އެހެންޔާ ކޯޓުން ބޭރުން ބަދަލް ދިނީ މިމީހުން ވެރިކަމަށް އައިސް
ސަމީހް
over 2 years ago
އިންޝާﷲ މިސަރުކާރު ފަލީހަތް ވެގެންދާނެ. މިހެން ސިޔާސީ ދައުވާކޮށް މީސްމީހުންގެ އަބުރަށް އަރާ މީހުންނަށް ހަމަ ޖެހުމެއް ނުލިބޭނެ.
ޝަހީމް އަހްމަދު
over 2 years ago
މަށަށް އިގޭތީ މިބުނަނީ. ކޯޓުން ބޭރުން ބަދަލް ދިނުމުގައި ފައިދާވި އަމީރުއަށް، ފަޔާޒަށް އަދި ޝާހިދުއަށް. މަށަށް ނުވިސްނެނީ ދެން މުއިޒް ގޯސްވާ ގޮތެއް
އަޒްމީރު
over 2 years ago
ބަދަލުގެ ގޮތުގައި މި ސަރުކާރު އައިސް ބޮޑު އެއްޗެއް ކޯޓުން ބޭރުން ނޫމަޑިއަށް ދިނީ. ދެން އެކަން މަތި އަޅަން މުއިޒްއަށް ދައުވާ މިކުރަނީ؟ ތަފާތު އިގޭ
ސިދްރަތުﷲ
over 2 years ago
ބަދަލް ކޯޓުން ބޭރުން ދިނީ މި ސަރުކާރުން. ކަޓް ނެގި މި ސަރުކާރުން؟ ގޮސް މިވީ މުއިޒް؟
ނައުޝާދް
over 2 years ago
ވަރަށް ދެރަ ކަމެއް މިއީ. މުޅި މާލެ މިހާރުވެސް ހިންގާލަނުން ދަނީ މުޢިއްޒު. ދެން އޭނަ ފަހަތުން ދުވީމަ ހަޑި ދޯ؟ އެވެސް ސަރުކާރުން ބަދަލްދީފަ
މާޒިން
over 2 years ago
ކަމެއް ކުރެވޭ މީހަކަށް ހުރީ މުޢިއްޒު. އެހެންވެ ކުރާ ސިޔާސީ ދައުވާއެއް ތިއީ.
އަޒްހަރު
over 2 years ago
ހާދަ ހަގީގަތް އޮޅޭހެން ހެޑްލައިން ހަދާފަ؟ މުއިޒް ނުދޭ ނޫންތޯ ދައުވާ ކުރުން ހުއްޓުވަން. ވަކި ކަމެއް ގާނޫނާ ހިލާފަށް އިނީމަ ހުއްޓުވަން ނޫންތޯ ދިޔައީ؟ ރަނގަޅު ކޮށްލާ ބްރަދަރ
ޝަރަފް
over 2 years ago
ސަރުކާރުން ބަދަލް ދީނީވެސް ކޯޓުން ބޭރުން؟ ދެން ކީއްވެ މުއިޒް ގޯސްވީ؟
ދިހާމް ހަސަން
over 2 years ago
މުޢިއްޒު ނުދޭ ދައުވާ ހުއްޓުވާކަށް ދޯ؟ ބަޔެއް ކަން ކަން ބަލައި ނުގަންނަން އެދުނީ.
ސަރީން
over 2 years ago
އަލްޙަމްދުލިﷲ. އިރާދަކުރެއްވިއްޔާ މީހުންގެ ޙައްޤުތައް ރޮލާ ކާލި ނުލަފާ މީހެއް ތީ. ވައްކަންކުރުން ނޫންކަމެއް ނެތް އަދިވެސް. މާތްﷲ މިކަލޭގެ ބޭޒާރުކުރައްވައި ޙައްޤު އަދަބު ދުނިޔޭގެވެސް ދެއްވާށި. އާމީން
Comment