Advertisement

އިޝްތިހާރު ހިމެނޭ ސަބްސްކްރިޕްޝަން ނެޓްފްލިކްސުން ފަށަނީ

14 އޮކްޓޯބަރު 2022 - 06:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބެޓްފްލިކްސުން ބުނީ އެ ހިދުމަތް ފަށާނީ ނޮވެމްބަރުގައި ކަމަށް.


އިޝްތިހާރު ހިމެނޭ ސަބްސްކްރިޕްޝަން ނެޓްފްލިކްސުން ފަށަނީ

14 އޮކްޓޯބަރު 2022 - 06:18 0

ސޭން ފްރެންސިސްކޯ، އެމެރިކާ (އޮކްޓޯބަރު 13) - އިޝްތިހާރު ހިމެނޭ ސަބްސްކްރިޕްޝަން ހިދުމަތް އަންނަ ނޮވެމްބަރު މަހު ބައެއް ގައުމުތަކުގައި ފަށާނެ ކަމަށް ނެޓްފްލިކްސުން ބުނެފި އެވެ.

އިޝްތިހާރު ނުހިމެނޭ ސަބްސްކްރިޕްޝަނަށް ވުރެ އިޝްތިހާރު ހިމެނޭ ސަބްސްކްރިޕްޝަންގެ އަގު ތިން ޑޮލަރު ހެޔޮވާނެ އެވެ. އެގޮތުން އެމެރިކާގައި އާ ހިދުމަތަށް ނަގާނީ 6.99 ޑޮލަރެވެ.

"މިއީ މި ހިދުމަތް ފެށުމަށް އެންމެ ރަނގަޅު ވަަގުތު. މި ވަގުތަކީ މުނިފޫހިފުލުވުމުގެ ސިނާއަތަށް މުހިއްމު އަދި ބަދަލުތަކެއް އަންނަމުންދާ ވަގުތެއް،" ނެޓްފްލިކްސްގެ ސީއޯއޯ ގްރެގް ޕީޓާޒް ވިދާޅުވި އެވެ.

"އެމެރިކާގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓް އަދި ކޭބަލް މެދުވެރިކޮށް ޓީވީ ބަލާވަރަށް ވުރެ ސްޓްރީމް ކުރާ ވަރު އިތުރުވެއްޖެ."

އިޝްތިހާރާ އެކު އަގުހެޔޮ ސަބްސްކްރިޕްޝަންގެ ހިދުމަތް އެންމެ ފުރަތަމަ ފަށާނީ އޮސްޓްރޭލިއާ، ބްރެޒިލް، އިނގިރޭސިވިލާތް، ކެނެޑާ، ފްރާންސް، ޖަރުމަނުވިލާތް، އިޓަލީ ޖަޕާން، ދެކުނު ކޮރެއާ، މެކްސިކޯ، ސްޕެއިން އަދި އެމެރިކާގަ އެވެ.

އިޝްތިހާރުތަކުގެ ދިގުމިނުގައި ހިމެނޭނީ 15-30 ސިކުންތެވެ. ނެޓްފްލިކްސުން ބުނީ ގަޑިއިރެއްގެ ތެރޭގައި އެންމެ ގިނަވެގެން ވެސް އިޝްތިހާރު ދައްކާނީ ޖުމްލަ 4-5 މިނެޓަށް ކަމަށެވެ.

ނެޓްފްލިކްސްއާ ވާދަވެރި ޑިޒްނީއިން ވެސް ވަރަށް އަވަހަށް އެ ހިދުމަތް ތައާރަފްކުރާނެ އެވެ.