Advertisement

ރަސްގެފާނު ޗާލްސްގެ ތާޖުކޮޅު އެޅުއްވުމުގެ ހަފުލާ އޮންނާނީ މޭ މަހު

12 އޮކްޓޯބަރު 2022 - 07:29 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ. -- ފޮޓޯ: ހެންރީ ނިކޯލްސް


ރަސްގެފާނު ޗާލްސްގެ ތާޖުކޮޅު އެޅުއްވުމުގެ ހަފުލާ އޮންނާނީ މޭ މަހު

12 އޮކްޓޯބަރު 2022 - 07:29 0

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނައިގެ ކޮރޮނޭޝަން ނުވަތަ ތާޖުކޮޅު އެޅުއްވުމުގެ ހަފުލާ އޮންނާނީ 2023 ވަނަ އަހަރުގެ މޭ ހަ ވަނަ ދުވަހު ވެސްޓްމިންސްޓާ އަބޭގައި ކަމަށް އިއުލާންކޮށްފި އެވެ.

ކޮރޮނޭޝަން ހަފުލާގައި ރަސްގެފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ކުއީން ކޮންސޯޓް ކެމިލާގެ ތާޖުކޮޅު އަޅުއްވާނެ އެވެ. ތާރީހީ ގޮތުން އެ ހަފުލާގައި ކޮށްފައިވާ ގިނަ ކަންކަން ދަމަހައްޓާނެ ކަމަށް ވެ އެވެ.

"ހަފުލާ އޮންނާނީ ލަންޑަންގެ ވެސްޓްމިންސްޓާ އަބޭގައި. ހަފުލާގައި އިސްކޮށް އުޅުއްވާނީ ކެންޓަބަރީގެ އާޗްބިޝޮޕް،" ބަކިންހަމް ޕެލެސްގެ ބަޔާނުގައި ބުންޏެވެ.

އެ ހަފުލާއާ ދިމާކޮށް އިނގިރޭސިވިލާތުގައި ސެކިއުރިޓީ ވަރުގަދަ ކުރާނެ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން ރަސްގެފާނު ޗާލްސް ބޭނުންފުޅު ވަނީ ވަރަށް ކުރު ހަފުލާއެކެވެ.

އެކަމަ ގުޅޭ ގޮތުން ގަނޑުވަރުން ވަކި އެއްޗެއް ނުބުނެ އެވެ. އެމަނިކުފާނުގެ މަންމާފުޅު، އަވަހާރަވި ރާނީ އެލިޒަބަތު ދެ ވަނައިގެ ކޮރޮނޭޝަން ހަފުލާއަށް ތިން ގަޑިރިއަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗާލްސް ބޭނުންފުޅު ވަނީ ގަޑިއިރެއްގެ ތެރޭގައި ހަފުލާ ނިންމުމަށެވެ. އެންމެ ފަހުން 1953 ގައި އޮތް ކޮރޮނޭޝަން ހަފުލާގައި 8000 މީހުން ބައިވެރިވި އެވެ. އެ އަދަދު 2000 އަށް ތިރި ކުރަން ޗާލްސް ބޭނުންފުޅުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފާއިތުވި 900 އަހަރު އެ ހަފުލާ ބޭއްވީ ވެސްޓްމިންސްޓާ އަބޭގަ އެވެ. އަަދި ހަފުލާގައި އިސްކޮށް އުޅުއްވަނީ ކެންޓަބަރީގެ އާޗްބިޝޮޕް ފާދިރީ އެވެ.