Advertisement

ހޮޓެލް އޭޝިއާ އެގްޒިބިޝަން ފަށައިފި

10 އޮކްޓޯބަރު 2022 - 14:25 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހޮޓެލް އޭޝިއާ އެގްޒިބިޝަން ފަށައިފި

10 އޮކްޓޯބަރު 2022 - 14:25 0

މި ސަރަހައްދުގެ އެންމެ ބިޔަ ހޮސްޕިޓާލިޓީ ޓްރޭޑްޝޯ ކަމުގައިވާ "ހޮޓެލް އޭޝިއާ" އެގްޒިބިޝަން މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން އޮކްޓޯބަރު 12، ގެ ނިޔަލަށް މި އެގްޒިބިޝަން ދަރުބާރުގޭގައި ކުރިއަށްދާނެ އެވެ. މިއީ މި އެގްޒިިބިޝަން ބާއްވާ 16 ވަނަ ފަހަރެވެ. މީގެ ކުރިން އަހަރަކު އެއް ފަހަރު ބާއްވަމުން އައި މި އެގްޒިބިޝަން މިފަހަރު މި ބާއްވަނީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި އެގްޒިބިޝަން ނުބާއްވައި އޮތުމަށް ފަހު އެވެ.

މޯލްޑިވްސް އެގްޒިބިޝަން އެންޑް ހޮޓެލް ސާވިސަސް އާއި ލަންކާގެ އެގްޒިބިޝަން އެންޑް ހޮޓެލް ސާވިސަސް އާއި ބެސްޓް ބައި މޯލްޑިވަސް ގުޅިގެން އިންތިމާޒުކުރާ ހޮޓެލް އޭޝިއާއަކީ ރާއްޖޭގައި ބާއްވާތާ އެންމެ ދުވަސްވެފައިވާ އެއް އެގްޒިބިޝަނެވެ.

"މިއީ ރާއްޖޭގެ ޓޫރިޒަމަށް ނުހަނު މުހިންމު އެގްޒިބިޝަނެއް. ވަކިން ހާއްސަކޮށް ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނުގެ މަގާމުގައި އޮއްވާ. ބެންޗުމާކެއްގެ ގޮތުގައި އޮތުމަށް އިންޑަސްޓްރީ ޕާޓްނަރުންގެ އެހީތެރިކަން ބޭނުންވޭ،" މި އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

މިއަހަރުގެ އެގްޒިބިޝަންގައި ދެކުނު އޭޝިއާގެ ގައުމުތަކުން 200 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ އެވެ.

މިއަހަރު ވެސް މި އެގްޒިބިޝަންގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓޭނެ ކަމަށް ބެލެވެނީ ކަލިނަރީ ޗެލެންޖަށެވެ. މި އަހަރުގެ ޗެލެންޖުގައި ވެސް 20 ކެޓެގަރީއަކުން 500 ޝެފުންގެ 650 ވައްތަރުގެ އުފެއްދުންތައް ފެންނާނެ އެވެ.

އެންމެ ފުރަތަމަ ފަހަރު މި ޗެލެންޖު ކުރިއަށްގެންދިޔައީ އެންމެ 40 ބައިވެރިންނާ އެކު އެވެ. މިއީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އާއި ވާލްޑް ޝެފްސް ގިލްޑުން އެންޑޯސްކޮށްގެން ބާއްވާ ޗެލެންޖެކެވެ.