Advertisement

ބީީއެމްއެލްގެ އެހީގައި ސާފު ބޯފެން ލިބޭ ސިސްޓަމެއް ބޮޑުފޮޅުދޫ ސްކޫލްގައި ގާއިމްކޮށްފި

9 އޮކްޓޯބަރު 2022 - 15:33 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ބީީއެމްއެލްގެ އެހީގައި ސާފު ބޯފެން ލިބޭ ސިސްޓަމެއް ބޮޑުފޮޅުދޫ ސްކޫލްގައި ގާއިމްކޮށްފި

9 އޮކްޓޯބަރު 2022 - 15:33 0

އއ. ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ސާފު ބޯފެން ލިބޭ ސިސްޓަމެއް އެ ރަށު ސްކޫލުގައި ބަހައްޓައިފި އެވެ.

އެ ރަށު ސުކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް، ރައްކާތެރި ފެން ފޯރުކޮށްދިނުމަށާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕުލާސްޓިކު މަދުކުރުމުގެ މަގުސަދުގައި ބީއެމްއެލްގެ އެހީގައި އެ ސުކޫލުގައި ބަހައްޓާފައި ވަނީ އިންޑަސްޓުރިއަލް އާރު.އޯ (ރިވާސް އޮސްމޯސިސް) މެޝިނެކެވެ. އެ މެޝިނުން އުފައްދާ ފެން ރައްކާކުރެވި، ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ލިބޭނެހެން އެ ސްކޫލުގައި ވަނީ ދެ ވޯޓާ ޑިސްޕެންސާ ވެސް ބަހައްޓާފަ އެވެ.

ބީއެމްއެލް ކޮމިއުނީ ފަންޑުގެ ދަށުން މި ޕުރޮޕޯސަލް ކާމިޔާބު ކުރި ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ފަރާތުން މުސްތަފާ އަހުމަދު ބުނީ އެ ޕުރޮޖެކްޓުގެ ސަބަބުން އެ ރަށު ސްކޫލުގައި ކިޔަވަމުންދާ 186 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ފަސޭހަކާމާއެކީ ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުން މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިޔުން،" އޭނާ ބުންޏެވެ.

އެ ޕުރޮޖެކްޓުގެ ދަށުން ކޮލަމާ ޖަމިއްޔާގެ ފަރާތުން ވަނީ ބޮޑުފޮޅުދޫ ސުކޫލުގެ ކޮންމެ ދަރިވަރަކަށާއި ކޮންމެ މުވައްޒަފަކަށް ދޮވެގެން ބޭނުން ކުރެވޭ ފެން ފުޅިއެއް ހަދިޔާކޮށްފަ އެވެ. އެ ޕުރޮޖެކްޓަކީ ދެމެހެއްޓެނެވި ކާމިޔާބު ޕުރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް މަގުފަހި ކުރުމަށްޓަކައި އެ ސުކޫލުގައި ބެހެއްޓިފައިވާ ޕުލާންޓާއި ފިލްޓާ އަދި ޑިސްޕެންސަރުތަކުގެ މެއިންޓެނަންސް މަސައްކަތް އެ ޖަމިއްޔާއިން ކުރަމުން ދާނެ އެވެ.

ކޮލަމާ ޖަމިއްޔާގެ ފަރާތުން ބޮޑުފޮޅުދޫ ސުކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ރީޔޫސަބަލް ފުޅި ހަދިޔާ ކުރަނީ -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.