Advertisement

ޕުޓިންގެ 70 ވަނަ އުފަން ދުވަހުގެ ހަދިޔާއަށް ޓްރެކްޓަރު، ބޮޑު ކެކުރި އަދި ކަަރާ

8 އޮކްޓޯބަރު 2022 - 06:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބެލަރޫސްގެ ޓްރެކްޓަރެއް ހަދިޔާ ކުރި ކަމުގެ ސެޓްފިކެޓެއް ޕުޓިންއަށް އެރުވި. -- ފޮޓޯ: ބެލަރޫސްގެ ރައީސް


ޕުޓިންގެ 70 ވަނަ އުފަން ދުވަހުގެ ހަދިޔާއަށް ޓްރެކްޓަރު، ބޮޑު ކެކުރި އަދި ކަަރާ

8 އޮކްޓޯބަރު 2022 - 06:03 0

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންގެ 70 ވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯގެ ފަރާތުން ޓްރެކްޓަރެއް ދެއްވައިފި އެވެ.

ލުކަޝެންކޯ އެކަން އިއުލާން ކުރެއްވީ މަޝްވަރާތަކެއް ކުރެއްވުމަށް ރަޝިއާގެ ސެއިންޓް ޕީޓާޒްބާގް ސިޓީއަށް ކުރައްވާ ދަތުރެއްގެ ތެރެއިންނެވެ.

ލުކަޝެންކޯ ހަދިޔާ ކުރެއްވީ ބެލަރޫސްގައި އުފައްދާފައިވާ ޓްރެކްޓަރެކެވެ. އެކަން ރަމްޒުކޮށްދޭ ހާއްސަ ސެޓްފިކެޓެއް ޕުޓިންއަށް އެރުވި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ތަޖިކިސްތާނުގެ ރައީސް އިމޮމަލީ ރަހްމޯންގެ ފަރާތުން ޕުޓިންއަށް ހަދިޔާ ކުރެއްވީ ބޮޑު ކެކުރި އާއި ކަަރާތަކެކެވެ.

ޗެޗްނިޔާގެ ލީޑަރު ރަމްޒާން ކަޑީރޯވް ދުވަހުގެ ތަހުނިޔާ ޕުޓިންއަށް ފޮނުއްވަމުން ވިދާޅުވީ އެއީ "ދުނިޔޭގައި ހުންނެވި އެންމެ ބޮޑު ބަތަލު" ކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ފޮނުއްވި މެސެޖުގައި ޕުޓިންއަށް މަރުހަބާ ދެންނެވީ "އެމެރިކާގެ ނުރައްކަލާއި ގޮންޖެހުންތައް ނެތިކުރަމުން ދާތީ" އެވެ.