6 އޮކްޓޯބަރު 2022 - 18:29 0
ނިމާ ހަސަން
ރައީސް ސޯލިހާއި، ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް-ޙަލީފާ؛ ދެ ގައުމު ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި --- ފޮޓޯ: ރައީސް އޮފީސް
6 އޮކްޓޯބަރު 2022 - 18:29 0
ރާއްޖެ އާއި ބަހުރެއިނާ ދެމެދު ގުޅުން ބަދަހި ކުރުމުގެ ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައި ވާއިރު، އިތުރު ދެ އެއްބަސްވުމާމެދު މަޝްވަރާ ކުރާނެކަން ހާމަކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބަހުރެއިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިއަދު ބަހުރެއިނުގެ އަލް ގުޟައިބިއްޔާ ޕެލަސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި، ބައިނަލްއަގުވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި ހިޔާލާއި މަޝްވަރާ ބަދަލު ކުރުމާއި ގުޅޭގޮތުން ސޮއި ކުރި ޕޮލިޓިކަލް ކޮންސަލްޓޭޝަންސް އެމްއޯޔޫ އާއި، ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އެއްބަސްވުން ހިމެނެ އެވެ.
އަދި، ބަހުރެއިންގެ މުހައްމަދު ބިން މުބާރަކް އަލް ހަލީފާ އެކެޑަމީ ފޯ ޑިޕްލޮމެޓިކްސް ސްޓަޑީޒް އާއި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި ދެމެދު ވެވުނު ޑިޕްލޮމެޓިކް ޓްރެއިނިން އެންޑު އެކްސްޗޭންޖު އޮފް އިންފޮމޭޝަން އެންޑު ޑޮކިއުމެންޓޭޝަނާ ބެހޭ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވަނީ އިތުރު ދެ އެއްބަސްވުމެއް ވެސް އިއުލާނު ކުރައްވާފައެވެ. ފުރަތަމަ އެއްބަސްވުމަކީ، ބަހްރެއިންގެ ގްލޯބަލް ސީ-ޓު-އެއާ ލޮޖިސްޓިކްސް ހަބުގައި ސީ-ޓު-އެއާ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ހިމެނުމާއި ގުޅޭ އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުމަކީ ބަޙްރައިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި، ދިވެހިސަރުކާރުގެ މައުލޫމާތު ރައްކާކޮށް، އަމިއްލައަށް ބެލެހެއްޓުމަށް ބަހުރައިނުން ފުރުޞަތުދިނުމުގެ އެއްބަސްވުމެކެވެ.
މި ރަސްމިއްޔާތުގައި ވަނީ އިތުރު ދެ އެއްބަސްވުމެއް ވެސް އިޢުލާނު ކުރައްވާފައެވެ. ފުރަތަމަ އެއްބަސްވުމަކީ، ބަހްރެއިންގެ ގްލޯބަލް ސީ-ޓު-އެއަރ ލޮޖިސްޓިކްސް ހަބުގައި ސީ-ޓު-އެއަރ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ހިމެނުމާއި ގުޅޭ އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުމަކީ ބަޙްރައިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި، ދިވެހިސަރުކާރުގެ މައުލޫމާތު ރައްކާކޮށް، އަމިއްލައަށް ބެލެހެއްޓުމަށް ބަހުރައިނުން ފުރުޞަތުދިނުމުގެ އެއްބަސްވުމެކެވެ.
އެއަށްފަހު ރައީސް ސޯލިހާއި، ބަހުރެއިން ރަސްގެފާނާ ދެމެދު ކުރިއަށްދިޔަ ރަސްމީ ވާހަކަފުޅުތަކުގައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން، ދެ ގައުމުގެ ގުޅުން އާ މަރުހަލާއަކަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާކަމުގައި ވެސް ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment