5 އޮކްޓޯބަރު 2022 - 05:47 0
5 އޮކްޓޯބަރު 2022 - 05:47 0
މެޑްރިޑް (އޮކްޓޫބަރު 5) - ސްޕެއިން އާއި ޕޯޗުގަލް އިން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރުމަށް ހުށަހަޅާ ބިޑްގައި ޔޫކްރޭނުން ވެސް ބައިވެރިވާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.
ރިޕޯޓްތަކުން ބުނާގޮތުގަައި 2030 ވަނަ އަހަރު ވޯލްޑް ކަޕް ހޯސްޓްކުރުމަށް ސްޕެއިން އާއި ޕޯޗުގަލް ކުރާ ބިޑްގައި ޔޫކްރޭން ބައިވެރިވާނެކަން މާދަމާ އިއުލާންކުރާނެ އެވެ. މި ބިޑްގައި ރާވާފައިވަނީ މުބާރާތުގެ އެއް ގުރޫޕްގެ މެޗުތައް ޔޫކްރޭނުގައި ކުޅުމަށެވެ.
ވޯލްޑް ކަޕް 2030 ވަނަ އަހަރު ބާއްވާނެ ހޯސްޓުން ކަނޑައަޅާނީ 2024 ވަނަ އަހަރުގެ ފީފާ ކޮންގުރެސްގަ އެވެ.
މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ފަހު، ދެން އޮންނަ ވޯލްޑް ކަޕް 2026 ވަނަ އަހަރު ބާއްވާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގަ އެވެ. މިއީ 48 ޓީމާ އެކު ކުޅޭ ފުރަތަމަ ވޯލްޑް ކަޕަށް ވާނެ އެވެ. އެއީ މި އަހަރު ވޯލްޑް ކަޕް ކުޅޭ ފޯމެޓަށް ބަލާއިރު، 16 ޓީމުގެ އިތުރުވުމެވެ.
ވޯލްޑް ކަޕް 2030 ވަނަ އަހަރު ބޭއްވުމަށް އާޖެންޓީނާ، ޗިލީ، ޕެރަގުއޭ އަދި އުރުގުއޭ ގުޅިގެން ބިޑްކުރަން ވަނީ ނިންމައިފަ އެވެ.
މި ހަތަރު ގައުމުގެ ތެރެއިން، ޕެރަގުއޭ ފިޔަވައި އެހެން ހުރިހާ ގައުމެއް ވަނީ ވޯލްޑް ކަޕް ހޯސްޓްކޮށްފަ އެވެ. އެކަމަކު, 1970ގެ އަހަރުތަކުގެ ފަހުން، ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތެއް މީގެއިން ގައުމަކަށް ނުލިބެ އެވެ.
މީގެ އިތުރުން ވެސް، ޖޮއިންޓްކޮށް 2030 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވުމަށް ގިނަ ގައުމުތަކުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.
Comment