12 ނޮވެންބަރު 2025 - 11:07 0
12 ނޮވެންބަރު 2025 - 11:07 0
ބިލްބާއޯ، ސްޕެއިން (ނޮވެމްބަރު 12) - ފަލަސްތީން ގައުމީ ފުޓްބޯޅަ ޓީމުން ސްޕެއިންގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް އެ ގައުމަށް ގޮސްފި އެވެ.
ސްޕެއިންގެ މައި ފުޓްބޯޅަ ފެޑެރޭޝަނާ ގުޅުމެއް ނެތް މި ދެ މެޗު، ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ފަލަސްތީނުން މެޗުތައް ކުޅޭނީ ބިލްބާއޯގެ ބަސްކޭ ޓީމާއި ބާސެލޯނާގެ ކަޓަލޫނިއާ ޓީމާ ދެކޮޅަށެެވެ.
އެ ގޮތުން، ބިލްބާއޯ ޓީމާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު، އެތުލެޓިކް ބިލްބާއޯގެ ސެން މަމެސް ސްޓޭޑިއަމްގަ އެވެ. އަދި، އޭގެ ތިން ދުވަސް ފަހުން، ބާސެލޯނާގައި މެޗެއް ކުޅެން ވަނީ ނިންމައިފަ އެވެ.
ފަލަސްތީނާ ދެކޮޅަށް ކުޅޭ މި ދެ މެޗުން ލިބޭ ފައިސާ ހަދިޔާކުރާނީ އެހީއަށް ބޭނުންވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި، ސްޕެއިންގެ ގައުމީ ޓީމުން ވޯލްޑް ކަޕް ކޮލިފައިންގައި، ތުރުކީ އާއި ޖޯޖިއާއާ ދެކޮޅަށް ކުޅޭނެ އެވެ.
އިޒްރޭލުން ފަލަސްތީނަށް އަރައި، ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގައި، ސްޕެއިނުގައި ގިނަވެފައިވަނީ ދެކަފި ވިސްނުންތަކެވެ. ސްޕެއިނުގެ މައި ސަރުކާރުން ވެސް އިޒްރޭލާ ދެކޮޅަށް ތެދުވެފައިވާއިރު، މެޑްރިޑާއި އެހެން ބައެއް ސިޓީތަކުން ފަލަސްތީނަށް ސަޕޯޓްކުރުމުގެ ބައެއް ހަރަކާތްތަކަށް އަންނަނީ ހުރަސް އަޅަމުންނެވެ.
Comment