Advertisement

އިންޝުއަރެންސް ދާއިރާގެ ހާލަތު ބަލަން ކުރި ދިރާސާ ވެލިޑޭޓްކޮށްފި

2 އޮކްޓޯބަރު 2022 - 11:43 0

ޔޫއެންޑީޕީއާއި އެމްއެމްއޭ ގުޅިގެން މަސައްކަތް ކުރުމުގެ ލެޓާ އޮފް އިންޓެންޓް އެއް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިިމާއި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވެގީލާ އެކްސްޗޭންޖްކުރައްވަނީ. ފޮޓޯ:ޔޫއެންޑީޕީ


އިންޝުއަރެންސް ދާއިރާގެ ހާލަތު ބަލަން ކުރި ދިރާސާ ވެލިޑޭޓްކޮށްފި

2 އޮކްޓޯބަރު 2022 - 11:43 0

ރާއްޖޭގައި އިންޝުއަރެންސް ހިދުމަތް ދިނުމުގެ ހާލަތު އޮތް ގޮތް ބަލަން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ފަންޑް (ޔޫއެންޑީޕީ) އާއި މަރުކަޒީ ބޭންކް، އެމްއެމްއޭ ގުޅިގެން ކުރި ދިރާސާ ނިންމައިލުމަށް ފަހު، އެ ދިރާސާ ވެލިޑޭޓްކުރުމުގެ ސެޝަނެއް ބާއްވައިފި އެވެ.

ދިރާސާއެއް ވެލިޑޭޓްކުރުމަކީ އެ ދިރާސާގެ ހޯދުންތައް ރަސްމީކޮށް ބަލައިގަތުމެވެ.

ޔޫއެންޑީޕީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ސެޝަނުގައި ސަރުކާރުގެ މިނިސްޓްރީތަކާއި ބޭންކްތަކާއި ފައިނޭންޝަލް އިންސްޓްޓިއުޝަންތަކާއި ޓޫރިޒަމް ދާއިރާއާއި އަމިއްލަ އެހެން ވިޔަފާރިތަކުގެ ފަރާތުން ބައިވެރިވި ކަމަށެވެ.

ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި އިންޝުއަރެންސް ޕްރޮޑަކްޑަކްޓްތައް އާއްމުކުރެވޭނީ ކިހިނެތްކަމާއި ރިސްކް ޓްރާންސްފާ ސޮލިއުޝަންތައް ތައާރަފްކުރެވޭނެ ގޮތްތައް، ޔޫއެންޑީޕީއާއި އެމްއެެމްއޭ ގުޅިގެން ކުރި އެ ދިރާސާގެ ހޯދުންތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ގައުމީ އިންޝުއަރެންސް މާކެޓް ކުރިއެރުވުމުގެ ލަފާތައް ވެސް އެ ދިރާސާގައި ދޭނެ ކަމަށް ބެލެވެ އެވެ.

ދިރާސާ ވެލިޑޭޓްކުރަން ބޭއްވި ބައްދަލުވުމުގެ ހަވާސާގައި ޔޫއެންޑީޕީއާއި އެމްއެމްއޭ ގުޅިގެން މަސައްކަތް ކުރާ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ޓަކައި ލެޓާ އޮފް އިންޓެންޓް އެއްގައި ސޮއިކުރުން ވެސް އޮތެވެ.

އެމްއެމްއޭގެ ފަރާތުން އޭގައި ސޮއިކުރެއްވީ ގަވަރުމަރު އަލީ ހާޝިމެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވެގީލާ އެވެ.