Advertisement

އެމްއޭސީއޭލްގެ "އެއިރޯ ރެޒިޑެންސް" ގެ ފްލެޓުތައް މުވައްޒަފުންނާ ހަވާލުކޮށްފި

1 އޮކްޓޯބަރު 2022 - 12:22 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރަމްޒީކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެމްއޭސީއޭލްގެ "އެއިރޯ ރެޒިޑެންސް" ގެ ފްލެޓުތައް މުވައްޒަފުންނާ ހަވާލުކޮށްފި

1 އޮކްޓޯބަރު 2022 - 12:22 0

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރި ފްލެޓުތަކުގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިމާރާތްކުރި "އެއިރޯ ރެޒިޑެންސީ" ގެ ފްލެޓުތައް ލިބުނު މުވައްޒަފުންނާ އެތަންތަން މިއަދު ހަވާލުކޮށްފި އެވެ.

އެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެ ކުންފުނީގެ އެމްޑީ މަހުޖޫބު ޝުޖާއު ބައިވެރިވެވަޑައިގަތެވެ. އެގޮތުން، އެމްއޭސީއެލްގެ ހިދުމަތުގައި ހުއްޓައި މަރުވި މުވައްޒަފެއްގެ އާއިލާ އާއި ރިޓަޔާ ކުރި މުވައްޒަފަކަށާއި އަދި މިހާރުގެ މުވައްޒަފަކަށް ވަނީ ރަމްޒީކޮށް މި ރަސްމިއްޔާތުގެ ތެރެއިން ތަޅުދަނޑި ހަވާލުކޮށްފަ އެވެ.

އެއީ ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އާ ހަވާލުކުރި 24،000 އަކަފޫޓުގެ ބިމުގައި އެޅި ދެ ޓަވަރެވެ.

މިއަދު ހަވާލުކުރި ފްލެޓެއްގެ އިންޓީރިއާ. ދެ ކޮޓަރީގެ 240 އެޕާޓުމަންޓު މިތަނުގައި ހުންނާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެ ޓަވަރުތަކުގައި ހުންނަނީ 1+2 ކޮޓަރި ހުންނަ 240 އެޕާޓުމަންޓާއި އެއް ކޮޓަރީގެ 144 އެޕާޓުމަންޓު ހިމެނޭހެން ޖުމްލަ 384 ހައުސިން ޔުނިޓެވެ. އޭގެ ތެރެއިން 312 ޔުނިޓު ލިބެނީ އެމްއޭސީއެލް މުވައްޒަފުންނަށެވެ. ބާކީ 72 ޔުނިޓަކީ އާންމުންނަށް ވިއްކާލާ އެއް ކޮޓަރީގެ ފްލެޓުތަކެވެ.

އެ މަޝްރޫއަށް އެމްއޭސީއެލް އިން މުވައްޒަފުންގެ އަތުން އެއްވެސް ފައިސާއެއް ނުނަގަ އެވެ. އެގޮތުން، މުޅި މަޝްރޫއަށް ފައިނޭންސްކުރީ އެމްއޭސީއެލްގެ ކޭޝްފްލޯ އިންނެވެ. އެގޮތުން އެ މަޝްރޫއުގެ ޖުމުލަ އަންދާޒާ ކުރާ އަގަކީ 408،280،814.10ރ. / 251،291،698.16ރ. އެވެ.

އެއް ކޮޓަރި:

  • ޓައިޕް އޭ – 128 ކޮޓަރި / 448.06 / އަގު: 1،367،805.00ރ.
  • ޓައިޕް ބީ – 8 ކޮޓަރި / 446.22 / އަގު: 1،362،188ރ.
  • ޓައިޕް ސީ – 8 ކޮޓަރި / 440.31 / އަގު: 1،344.146ރ.

ދެ ކޮޓަރި ޕްލަސް އެކެއް:

  • ޓައިޕް ޑީ – 20 ކޮޓަރި / 662.09 / 2،021،180ރ.
  • ޓައިޕް އީ – 120 ކޮޓަރި / 649.78 / 1،983،600ރ.
  • ޓައިޕް އެފް – 20 ކޮޓަރި / 665.66 / 2،032،078ރ.
  • ޓައިޕް ޖީ – 80 ކޮޓަރި / 663.77 / 2،026،308ރ.