29 ސެޕްޓެންބަރު 2022 - 06:09 0
ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ.-- ފޮޓޯ: ގޭޓީއިމޭޖަސް
29 ސެޕްޓެންބަރު 2022 - 06:09 0
ޕެރިސް (ސެޕްޓެމްބަރު 29) - ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭ މާލީ އަޑިގަނޑެއްގެ ތެރޭގައި އޮތް ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި 153 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އެ ކްލަބްގެ ހަަރުތައް ދިޔަ ގޮތް ޔުއެފާ އިން ތަހުގީގުކުރަން ޖެހޭނެ ކަމަށް ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ ވިދާޅުވެއްޖެ އެވެ.
މާލީ ހާލަތު ރަނގަޅު ކުރަން ބާސެލޯނާ އިން ވަނީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ޑޮމެސްޓިކް ޓީވީ ރައިޓްސްގެ 25 ޕަސެންޓް އެމެރިކާގެ އިންވެސްޓްމަންޓް ކުންފުންޏަށް ގާތްގަނޑަށް 400 މިލިއަން ޔޫރޯ (400 މިލިއަން ޑޮލަރު) އަށް ވިއްކާލައިފަ އެވެ.
މީގެ އިތުރުން، ބާސެލޯނާ ސްޓޫޑިއޯސްގެ 50 ޕަސެންޓާ ގާތްކުރާ އަދަދެއްގެ ހިއްސާ ދެ ކުންފުންޏަށް 200 މިލިއަން ޔޫރޯ (200 މިލިއަން ޑޮލަރު) އަށް ވަނީ ވިއްކާލައިފަ އެވެ. ލަލީގާ އިން އެންމެ ފަހުން ނެރުނު މާލީ ތަފާސް ހިސާބުތަކަށް ބަލާއިރު، ބާސެލޯނާގެ މާލީ ހާލަތު ވަނީ ބޮޑުތަނުން ރަނގަޅުވެފަ އެވެ.
އެކަމަކު، މީޑިއާ އަށް ދިން އިންޓަވިއުގައި ހެއްލާފީ ވިދާޅުވީ ކަންކަން ހިނގާފައިވަނީ އެންމެ ރަނގަޅަށްތޯ ޔުއެފާ އިން ތަހުގީގުކުރަން ޖެހޭނެ ކަމަށެވެ.
ޕީއެސްޖީގެ ފަރިތަކުރުމެއްގެ ތެރެއިން ހެއްލާފީ (ކ) އާއި މެސީ (މ) ވާހަކަ ދައްކަނީ: މީގެ އެއް އަހަރު ކުރިން ބާސެލޯނާގެ މާލީ ހާލަތުގެ ސަބަބުން މެސީ އަށް ވަނީ އެ ޓީމު ދޫކޮށްލަން ޖެހިފައި.
"މިއީ އިންސާފުވެރި ގޮތެއް ކަމަށް އަހަރެން ނުދެކެން، އެއީ މި ފަހަރު މި ފުރުސަތު ބާސެލޯނާ އަށް ދީފިއްޔާ، ދެން މި ގޮތަށް ކަންތައް ކުރާނީ އެހެން ޓީމަކުން. ޔުއެފާގެ އެބައޮތް ވަރަށް ރަނގަޅު މާލީ ގަވާއިދުތަކެއް. އެހެންވީމަ އަހަރެން ގަބޫލުކުރަނީ މިކަންތައްތައް ވަރަށް ރަނގަޅަށް ބަލާނެ ކަމަށް،" ހެއްލާފީ ވިދާޅުވި އެވެ.
"ކްލަބެއްގެ ހާލަތު ބޮންސުންލައި ބަނގުރޫޓްވެފައި އޮތް ހާލަތަކުން ކުއްލިއަކަށް ބޮޑު ހަރަދުކުރެވޭ ފެންވަރަށް ދެވެންޏާ މީގެ ދެފުށްފެންނަ އުސޫލުތަކެއް ހުރިތޯ ޔަގީންކުރަންޖެހޭ،"
ބާސެލޯނާ އަތުގައި ފައިސާ ނެތިސް އެ ޓީމުން ބޭނުންވާ ކޮންމެ ކުޅުންތެރިއަކު ގަންނަ ގޮތެއް ނުވިސްނުނު ކަމަށް ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން ވެސް ވަނީ މީޑިއާގައި ބުނެފަ އެވެ.
މިދިޔަ ޖުލައި މަހު ނާގަލްސްމަން ދެއްކި އެ ވާހަކަތަކަށް ރައްދުދެމުން، ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި އެކަން ކަށަަވަރުކުރަން އަންނަ ކޮންމެ ރަސްމީ އިދާރާ އަކަށް ވެސް އެ ކްލަބުން މަރުހަބާ ކިޔާނެ ކަމަށެވެ.
Comment