Advertisement

އުތީމުން ދިއްދޫއަށް: އާރްޓީއެލް ފެރީ ރައީސް ތަޖުރިބާ ކުރައްވައިފި

27 ސެޕްޓެންބަރު 2022 - 17:59 0

ހއ. ދިއްދޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައުސިން މިނިސްޓަރު އަސްލަމާއެކު އާރްޓީއެލް ލޯންޗު ފެރީގައި-- ފޮޓޯ: ރައީސް އޮފީސް


އުތީމުން ދިއްދޫއަށް: އާރްޓީއެލް ފެރީ ރައީސް ތަޖުރިބާ ކުރައްވައިފި

27 ސެޕްޓެންބަރު 2022 - 17:59 0

ހއ. ދިއްދޫ

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ދިއްދޫއަށް މިއަދު ވަޑައިގެންފި އެވެ.

އާރްޓީއެލްގެ ނަމުން ނަން ދީފައިވާ އިންޓަގްރޭޓެޑް ފެރީ ނިޒާމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. ފެރީގެ ހިދުމަތް ދިނުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

އުތީމުގައި ކުރިއަށް ދިޔަ ގައުމީ ދުވަހުގެ ހަރަކާތްތަކަށް ފަހު ރައީސް ދިއްދޫއަށް ވަޑައިގަތުމުން މި ރަށުން ވަނީ ހޫނު މަރުހަބާއެއް އެމަނިކުފާނަށް ކިޔާފަ އެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ރައީސްއާ ސަލާމް ކުރުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފަ އެވެ.

ރައީސް އާއެކު އަރިހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ އެމްޑީ އަދި ސީއީއޯ އާދަމް އާޒިމްގެ އިތުރުން ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް، އާރްޓީއެލް ފެރީގެ ފަޅުވެރިއަކާއެކު-- ފޮޓޯ: ރައީސް އޮފީސް


އާރްޓީއެލް ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައިވާ ހުރިހާ ރަށްތަކެއް ގުޅުވައިލާ އިރު، އެއް ސަރަހައްދު އަނެއް ސަރަހައްދާ ވެސް ގުޅުވައިލާނެ އެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

އާރްޓީއެލް ފެރީ ނެޓްވޯކުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެރީގެ ހިދުމަތް ދޭން ފަށާފައި ވަނީ ހއ، ހދ އަދި ށ އަތޮޅުގަ އެވެ. އެ އަތޮޅުތަކުގައި ފެރީ ޓާމިނަލް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން މިހާރު ކުރިއަށް ގެންދެ އެވެ.

ރައީސް ދިއްދޫއަށް ކުރައްވާ ދަތުރުފުޅުގައި އާރްޓީއެލް ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެ އެވެ.