Advertisement

ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް؛ ރައީސް ވިދާޅުވީ ދެން ލަހެއް ނުވާނެ ކަމަށް

27 ސެޕްޓެންބަރު 2022 - 15:12 0

ހއ. އުތީމު

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އުތީމު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު-- ފޮޓޯ: ރައީސް އޮފީސް


ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް؛ ރައީސް ވިދާޅުވީ ދެން ލަހެއް ނުވާނެ ކަމަށް

27 ސެޕްޓެންބަރު 2022 - 15:12 0

ހއ. އުތީމު

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމާ އެކު ސަރަހައްދަށް އަންނާނެ ބަދަލުގެ ވާހަކަ ރައީސް ސިފަކުރެއްވީ މިހެނެވެ; "މި ގެނެވޭ ތަރައްގީ އާއި ބަދަލުތަކާ އެކީގައި ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނަތަން ދެން ލަސްތަކެއް ނުވެ ފެނިގެން ދާނެ،"

ރައީސް އެ ދެއްވީ ބޮޑު ތިލަދުންމައްޗަށް ބޭނުންވާ ހަގީގީ ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަމާއި އިތުބާރެވެ.

ހއ. އުތީމުގެ ފެނަކައިގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ މަޝްރޫއު ނިމުމާ އެކު ސަރަހައްދުގެ ޓޫރިޒަމް ފައްކާވުމަށް ޖާގަ ލިބިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު ފަސް އަހަރު ތެރޭގައި އެންމެ ލަސްވެގެން 8000 އެނދު ޕްލޭން ކޮށްގެން ރާވައިގެން ކުރިއަށް ގެންދިއުން، އަޅުގަނޑު ހިތުން މި ސަރަހައްދުގައި ޓޫރިޒަމް ޑިވޮލޮޕް ކުރާނެ އިންވެސްޓަރުން ދެން ފަހަތަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރަހައްދުގައި ޓޫރިޒަމް ކުރިއެރުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހުރަހަކީ އެއާޕޯޓުގެ ދަތިކަމާއި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ފަސޭހަ ގޮތެއް ނެތުން ކަމަށެވެ.

އެއާޕޯޓުގެ މައްސަލަ ހައްލުވުމާ ގާތަށް ޖެހިލާފައިވާއިރު، އެމްޓީސީސީގެ އާރްޓީއެލް ފެރީން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް މިހާރު މާ ފަސޭހަވެގެން ގޮސްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

އާރްޓީއެލްގެ ތަރައްގީ ފާހަގަކުރައްވައި ރައީސް ވަނީ އުތީމަށް އިގްތިސޯދީ ބޮޑު ބަދަލެއް ގެނައުމަށް ލޯކަލް ޓޫރިޒަމް ތައާރަފްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އުތީމަކީ ތާރީހީ ރަށެއް ކަމަށާއި މި ރަށް ބަލާލަން އަންނަ ކޮންމެ ދިވެހި ރައްޔިތަކު ވެސް ބޭނުންވާނޭ ކަމަށެވެ.

"ހަނިމާދޫއަށް އާދެވިދާނެ ފްލައިޓުގައި، އެކަމަކު އެ ހިސާބުން މި ރަށަށް އައުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭ، އެކަމަކު އިރާދަކުރެއްވިއްޔާ އެ ދަތި މިހާރު ވަނީ މުޅިން ނައްތާލެވިފައި،" ރައީސް ފާހަގަކުރެއްވި އެވެ.

"ބޮޑު ތިލަދުންމަތި އެކީގައި، 43 ރަށް އެކީގައިި ގުޅާ ނިމިއްޖެ، ކުރިން ކުރަމުން ދިޔަ ހޭދަ މުޅިން ކުޑަވެއްޖެ،"

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގައި އާދިއްތަ ދުވަހު ސޮއިކޮށްފައިވާއިރު ސަރުކާރުން އަމާޒުކުރާ ގޮތުގައި, މި މަޝްރޫއުއާ އެކު ބޮޑުތިލަދުންމައްޗަށް ބޮޑު އިންގިލާބީ ތަރައްގީއެއް އަންނާނެ އެވެ.

ތިލަދުންމައްޗަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ މި އަތޮޅުގެ ވެރިކަން ކުރާ ރަށް, ދިއްދޫއަށެވެ.