Advertisement

ގަނޑުވަރު މައިދާނުގައި ގައުމީ ދުވަހުގެ ދިދަ ނަގައިފި

27 ސެޕްޓެންބަރު 2022 - 07:30 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް


ގަނޑުވަރު މައިދާނުގައި ގައުމީ ދުވަހުގެ ދިދަ ނަގައިފި

27 ސެޕްޓެންބަރު 2022 - 07:30 0

ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވައިފި އެވެ.

އުތީމު ގަނޑުވަރު މައިދާނުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ދައުލަތުގެ ވަޒީރުންގެ އިތުރުން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު-- ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، ރަަށްރަށުގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެ ރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާގަ އެވެ.

ގައުމީ ދުވަސް މި އަހަރު ރަސްމީކޮށް ފާހަގަކުރަނީ މި ދުވަސް އެ ބޭފުޅަކަށް ހާއްސަވާ އައްސުލްތޯން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ އުފަން ރަށް، ހއ. އުތީމުގަ އެވެ.

މި ދުވަސް ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ދިވެހީންގެ ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރު އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިއަދު ހެނދުނު 09:00 ގައި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ހޯލުގަ އެވެ.