Advertisement

އަމީންގެ ޝަރީއަތް؛ ދިފާއީ ވަކީލުން އެދިގެން ޖެހިޖެހިގެން ދެ އަޑުއެހުން ސިއްރުކޮށްފި

26 ސެޕްޓެންބަރު 2022 - 14:11 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައިވާ މުހައްމަދު އަމީން؛ ޖެހިޖެހިގެން ދެ އަޑުއެހުން ސިއްރުކުރަން ގާޒީ ނިންމެވި


އަމީންގެ ޝަރީއަތް؛ ދިފާއީ ވަކީލުން އެދިގެން ޖެހިޖެހިގެން ދެ އަޑުއެހުން ސިއްރުކޮށްފި

26 ސެޕްޓެންބަރު 2022 - 14:11 0

އައިއެސްގެ ރާއްޖޭގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި، ދިފާއީ ވަކީލުން އެދިގެން ޖެހިޖެހިގެން ދެވަނަ އަޑުއެހުން ސިއްރުކުރަން އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމަވައިފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި އަޑުއެހުންތަކުގެ މިއަދުގެ ޝެޑިއުލްގައި އޮތް ގޮތުން އަޑުއެހުން އޮތީ ހުޅުވާލައިގެނެވެ. އަދި އަޑުއެހުމަށް ވަންނަން ނޫސްވެރިން ނަން ނޯޓު ވެސް ކުރި އެވެ. ނަމަވެސް ކޯޓުގެ އިދާރާއިން ފަހުން ބުނީ ދިފާއީ ވަކީލުން އެދިގެން އަޑުއެހުން ސިއްރުކުރަން ގާޒީ ނިންމަވާފައިވާ ކަމަށެވެ.

"ހައްސާސް ވާހަކަތަކެއް މައްސަލާގައި ދައްކަން އޮތުމުން، ދިފާއީ ވަކީލުން އެދުނީ ސިއްރުކުރަން، ގާޒީ އެ ގޮތަށް ނިންމެވީ،" ކޯޓުގެ އިދާރީ މޭޒުން މައުލޫމާތު ދިނެވެ.

މީގެ ކުރިން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ މި މަހުގެ 13 ވަނަ ދުވަހުގަ އެވެ. އެ ދުވަހުގެ ކޯޓުގެ ޝެޑިއުލްގައި އޮތީ ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ދުވަހު ވެސް ދިފާއީ ވަކީލުން އެދިގެން އަޑުއެހުން ސިއްރުކުރަން ގާޒީ ނިންމެވި އެވެ.

ހުޅުވާލައިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވަނީ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އަރުވައިފަ އެވެ. ޖޫން މަހުގެ 29 ވަނަ ދުވަހު ބޭއްވި އެ އަޑުއެހުމުގައި ގާޒީ އިއުލާންކުރެއްވި ތާވަލުގައިވާ ގޮތުން މި އަހަރުގެ ފަހުކޮޅަށް މައްސަލަ ނިންމަން ވަނީ އަމާޒުކޮށްފަ އެވެ.

މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިއަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ބާއްވަން ޖެހޭ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ބާއްވަން ތާވަލުގައިވެ އެވެ. ގާނޫނުގައި އޮންނަ ގޮތުން އޭގެ 30 ދުވަސް ފަހުން ހުކުމް އިއްވަން ޖެހެ އެވެ.

ނަމަވެސް، ބައެއް ފަހަރު އެކި ސަބަބުތަކާ ހުރެ އެ މުއްދަތުގެ މާ ފަހުން ވެސް ބައެއް މައްސަލަތަކުގައި ހުކުމް ކޮށްފައި އެބަ ހުއްޓެވެ.