Advertisement

މޫސަގެ މަރު: އެކަކު 15 އަހަރަށް ޖަލަށް، ދެން ތިބި މީހުން ސަލާމަތްވެއްޖެ

24 އޭޕްރީލް 2024 - 14:47 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓުގެ އިމާރާތް: މީގެ ހަ އަހަރު ކުރިން މޫސަ މަރާލި މައްސަލާގައި ހުކުމް އިއްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މޫސަގެ މަރު: އެކަކު 15 އަހަރަށް ޖަލަށް، ދެން ތިބި މީހުން ސަލާމަތްވެއްޖެ

24 އޭޕްރީލް 2024 - 14:47 0

މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މާރާމާރީއެއްގެ ތެރެއިން ވ. ކެޔޮދޫ، ދޭލިޔާގޭ މޫސާ އަހުމަދު، 19، ގެ ގަޔަށް ވަޅި ޖަހާ މަރާލި މައްސަލާގައި ބައިވެރިވުމުގެ ދައުވާކޮށްފައިވާ މީހުންގެ ތެރެއިން އެކަކު ޖަލަށް ލުމަށް އަދި ދެން ތިބި މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލާގައި މަރުގެ ދައުވާ އުފުލީ އދ. މާމިގިލީ, ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ. އޭނާއަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

މިއަދު ކްރިމިނަލް ކޯޓުން ހުކުމްކުރީ މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އުފުލި ތިން މީހުންގެ ބައިންނެވެ. މި ދައުވާތައް އުފުލީ، ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަން، ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އަލީ ނަދީމެވެ. އޭނާ މިއަދު ހުކުމްކުރެއްވީ އެ ތިން މީހުންގެ ތެރެއިން ދައުވާ ސާބިތުވަނީ އަލީ ހަސަންގެ މައްޗަށް އެކަނި ކަމަށެވެ. އެހެންވެ ޝަރީއަތް ނިމެންދެން ބަންދުގައި ދެން ތިބި މީހުން ދޫވާނެ އެވެ.

ކްރިމިނަލް ކޯޓުން ހުކުމްކުރީ އަލީ ހަސަން 15 އަހަރުގެ ދުވަހަށް ޖަލަށް ލުމަށެވެ. މި މައްސަލާގައި އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ޖަލު ހުކުމުން ތަންފީޒު ކުރަން ޖެހެނީ އަށް އަހަރާއި ހަ މަހާއި އެއް ދުވަހުގެ މުއްދަތެކެވެ.

ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.