Advertisement

ފުލުހުންނަށް ނެތް ރައްކާތެރިކަމެއް ރައްޔިތުންނަށް ނޯންނާނެ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް

20 ސެޕްޓެންބަރު 2022 - 09:40 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު؛ މި ކުއްލި މައްސަލަ ހުށަހެޅުއްވި ޖާބިރު-- ފޮޓޯ: މަޖިލިސް


ފުލުހުންނަށް ނެތް ރައްކާތެރިކަމެއް ރައްޔިތުންނަށް ނޯންނާނެ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް

20 ސެޕްޓެންބަރު 2022 - 09:40 0

މިފަހުން ރޭވިގެން ގޭންގުތަކުން ފުލުހުންނަށް އިންޒާރު ދިނުމާއި ހަމަލާ ދެމުން އަންނާތީ، އެކަމުގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.

އެ މައްސަލައިގައި ވަނީ، މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ޑްރަގް އެންފޯސްމަންޓް ތިން ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައަކީ ގޭންގުތަކުން ރާވައިގެން ފުލުހުންނަށް ދެމުން އަންނަ ހަމަލާތަކަށް އިތުރުވި ބޮޅެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

"މި ހަމަލާ ދިން ފަރާތްތައް ދެނެގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވީނަމަވެސް، މިއީ ވަރަށް ނުރައްކާތެރި އެހާމެ ސީރިއަސް ކަމާއެކު ބަލައި ދިރާސާކޮށް، ހައްލު ހޯދަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" އެ މައްސަލައިގައި ބުނެފައިވެ އެވެ.

ފުލުހުންނަށް މިފަދަ ކަންކަން ކުރިމަތިވާނަމަ، އެކަމުގެ ގެއްލުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ކުރާނޭ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"ގޭންގުތަކާއި މަސްތުވާތަކެތީގެ ނެޓްވޯކުތަކުން އެއްވެސް ބިރެއް ނެތް ކަމާއި، އަދަބެއް ނުދެވޭނެ ކަމުގެ ޔަގީން ކަން އެބައި މީހުންނަށް އޮތް މިންވަރު މި މައްސަލައިން އެނގޭ،" އެ މައްސަލައިގައި އިތުރަށް ބުނެފައިވެ އެވެ.

މި މައްސަލައަށް ބަހުސްކޮށް ހައްލެއް ހޯދުމަށް މައްސަލައިގައި ގޮވާލާފައިވެ އެވެ. ޖާބިރުގެ ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ، ވަނީ ބަހުސް ފަށައިފަ އެވެ.