Advertisement

އަވަހާރަވިތާ 11 ދުވަސް ފަހުން ރާނީ އެލިޒަބަތު ފަސްދާނުލައިފި

20 ސެޕްޓެންބަރު 2022 - 07:42 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުމުރުފުޅުން 96 އަހަރުގައި އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ފަސްތާނުލުމަށް އެ ކަމަނާގެ ހަށިކޮޅު ސައްދޯކުގައި ގެންދަނީ.


އަވަހާރަވިތާ 11 ދުވަސް ފަހުން ރާނީ އެލިޒަބަތު ފަސްދާނުލައިފި

20 ސެޕްޓެންބަރު 2022 - 07:42 1

މީގެ 11 ދުވަސް ކުރިން އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ ޕްރައިވެޓް ރަސްމިއްޔާތަކަށް ފަހު ފަސްދާނުލައިފި އެވެ.

ތަހުތުގައި 70 އަހަރު ހޭދަކުރެއްވި ރާނީ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގަ އެވެ. އެކަމަނާގެ ރަސްމީ ޖަނާޒާ އޮތީ ހޯމަ ދުވަހު އެވެ.

ގިނަ އިހުތިފާލްތަކަށް ފަހު ހޯމަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ ގަޑިން 07:30 ގައި ޝާހީ އާއިލާގެ ކުޑަ ރަސްމިއްޔާތަކަށް ފަހު ރާނީ ފަސްދާނުލީ ސެއިންޓް ޖޯޖަޒް ޗޭޕަލް ފައްޅީގަަ އެވެ.

އެކަމަނާއާ އެކު ފިރިކަލުން އަމީރު ފިލިޕް ވެސް ފަސްދާނުލި އެވެ. މިދިޔަ އަހަރު އެޕްރީލް މަހު އަވަހާރަވި ފިލިޕްގެ ސަންދޯއް މިއަދާ ހަމައަށް ރައްކާކޮށްފައި އޮތީ އެ ފައްޅީގެ ރޯޔަލް ވޯލްޓުގަ އެވެ.

ރޯޔަލް ވޯލްޓަކީ ޝާހީ އާއިލާގެ މެމްބަރުން އަވަހާރަވުމުން އެކި ސަބަބުތަކާ ހެދި ފަސްދާނުލުން ލަސްކުރަން ޖެހޭ ނަމަ ސަންދޯއް ރައްކާކުރަން ހާއްސަ ބިންގަރާހެކެވެ.

ހޯމަަ ދުވަހު ރާނީގެ ރަސްމީ ޖަނާޒާ އާއި އެހެން އިހުތިފާލްތައް ނިންމުމަށް ފަހު ފަސްދާނުލުމާ ހަމައަށް އެކަމަނާގެ ސަންދޯއް ވެސް ގަޑިއިރުތަކެއް ވަންދެން އެ ތަނުގައި ބޭއްވި އެވެ.

ރާނީ އާއި ފިލިޕް ފަސްދާނުލާފައި ވަނީ ފަައްޅި ތެރޭގައިވާ ރަސްގެފާނު ޖޯޖް ހަ ވަނަ މެމޯރިއަލް ޗޭޕަލްގަ އެވެ. އެއީ ރާނީގެ ބައްޕާފުޅު އަދި މަންމާފުޅާއި ކޮއްކޯފުޅު މާގަރެޓް ވެސް ފަސްދާނުލާފައިވާ ތަނެވެ.

ރާނީ ފަސްދާނުލުމަށް ފަހު ހަރުކުރި މާބްލް ބޯޑުގައި ލިޔެފައި ވަނީ "އެލިޒަބަތު ދެ ވަނަ 1926-2022" އެވެ.