Advertisement

ކުއްޖާ މަރާލި ދޮންކާފަ އާއި މާމަ 10 އަހަރަށް ޖަލަށް

19 ސެޕްޓެންބަރު 2022 - 17:43 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓު: ދަރިފުޅު މަރާލި ކަމުގެ ދައުވާ ސާބިތުވެ މާމަ އާއި ދޮންކާފަ ޖަލަށް ލާން ހުކުމްކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ކުއްޖާ މަރާލި ދޮންކާފަ އާއި މާމަ 10 އަހަރަށް ޖަލަށް

19 ސެޕްޓެންބަރު 2022 - 17:43 0

ށ. ފޭދޫގައި އުމުރުން 15 އަހަރުގެ ކުއްޖަކު ވިހޭ ކުއްޖާ ވަޅުލި މައްސަލައިގައި މާމަ އާއި ދޮންކާފަ 10 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 15 އަހަރުގެ އަންހެން ކުއްޖާގެ މަންމަ އަޒީޒާ އިބްރާހިމާއި، އަންހެން ކުއްޖާގެ ދޮންބައްޕަ އަބްދުލް ގަފޫރު ގާސިމްގެ މައްޗަށެވެ.

ދިހަ އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމުގެ އިތުރަށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ކަނޑައަޅައި އަހަރު ދުވަހުގެ ތެރޭގައި އެެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ވެސް ހުކުމުގައިވެ އެވެ.

އޭގެ އިތުރަށް ޖެހިޖެހިގެން ދެ މަސް ވަންދެން ރޯދަ ހިފަން ވެސް ހުކުމް ކޮށްފައިވެ އެވެ.

އަންހެން ކުއްޖާ ވިހެއި ދަރިފުޅު މަރާލި މައްސަލައިގެ ދައުވާގައި ބުނަނީ ބަލިވެ އިނީއްސުރެ، އަންހެން ކުއްޖާ ޑޮކްޓަރަށް ދައްކައި ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށެވެ.

އޭގެ ބަދަލުގައި ބަލިވެއިންކަން މާމަ އާއި ދޮންކާފަ ސިއްރުކޮށް، ވިހަން އުޅޭކަން އެނގުމުން ވެސް ހޮސްޕިޓަލަށް ފޮނުވާފައި ނުވާ ކަމަށެވެ. ސިއްހީ ގޮތުން އެކަށީގެން ނުވާ ގޮތަކަށް ކުއްޖާ ވިއްސުވައި، ގިފިލިތެރޭގައި ވަޅެއް ކޮނެ ދަރިފުޅު ވަޅުލާފައިވާ ކަމަށް ދައުވާގައިވެ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ހިނގައިދިޔަ އެ ކަންތައްތަކާ ގުޅިގެން އަންހެން ކުއްޖާގެ ދޮން ބައްޕަގެ މައްޗަށް ކުޑަކުއްޖަކާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

މަންމަގެ މައްޗަށް ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަން އެނގިހުރެ އެ މައުލޫމާތު ފުލުހުންނަށް ނުދީ ހުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.