Advertisement

މަގު ހެދުމުގެ ޕްރޮޖެކްޓުގެ ތެރެއިން ހުއްދަ ނުނަގައި އާރްޑީސީން މަސައްކަތްތަކެއް ކުރި މައްސަލައެއް ފެންމަތިވެއްޖެ

19 ސެޕްޓެންބަރު 2022 - 13:24 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އަމީނީ މަގު ހެދުމަށް ނަގަން ޖެހޭ ހުއްދައެއް ނުނަގާ މައްސަލަ ވަނީ ފެންމަތިވެފައި: އާރްޑީސީން ބުނީ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މަގު ހެދުމުގެ ޕްރޮޖެކްޓުގެ ތެރެއިން ހުއްދަ ނުނަގައި އާރްޑީސީން މަސައްކަތްތަކެއް ކުރި މައްސަލައެއް ފެންމަތިވެއްޖެ

19 ސެޕްޓެންބަރު 2022 - 13:24 1

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރުމުގައި ނަގަންޖެހޭ ހުއްދައެއް ނުނަގާތީ، އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް ސަރުކާރުން އަންގައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މިއަދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ ބައެއް އިދާރީ މަސައްކަތްތައް ފުރިހަމަ ކުރުމަށް އެނާޖީ ރެގިއުލޭޓަރީ އޮތޯރިޓީން އާރްޑީސީއަށް އަންގާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އާރްޑީސީން ހުއްދަ ނުހޯދައި ކުރި މަސައްކަތަކީ ބިމުގެ ފެންފަށަލައިން ޑީވޯޓަރިން މެދުވެރިކޮށް ހޮޅި އަޅައިގެން މަސައްކަތް ކުރުމެވެ.

އެކަމާ ގުޅިގެން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މި ނޫހަށް ވިދާޅުވީ މި މައްސަލައިގައި ނަގަން ޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"މި ކަންކަން ފުރިހަމަ ކުރުމުގެ މަގުމަތީގައި މިހާރު އޮތީ، މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެއީ 84 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.