Advertisement

މާދަމާއިން ފެށިގެން މިނީ ބަހުން އަގު ނަގަނީ، އަގަކީ 7 ރުފިޔާ

18 ސެޕްޓެންބަރު 2022 - 11:06 1

ނިމާ ހަސަން

ނިމާ ހަސަން

މިނީ ބަހެއް މާލޭ މަގުމަތީގައި ދުއްވާފައި ދަނީ؛ ޓްރަޔަލް ޕީރިއަޑް ނިމި، މާދަމާ ބަހުން އަގު ނަގަން ފަށާނެ -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މާދަމާއިން ފެށިގެން މިނީ ބަހުން އަގު ނަގަނީ، އަގަކީ 7 ރުފިޔާ

18 ސެޕްޓެންބަރު 2022 - 11:06 1

ދެ ހަފްތާގެ ޓްރަޔަލް ޕީރިއަޑް ނިމި، މާދަމައިން ފެށިގެން އެމްޓީސީސީގެ މިނީ ބަސްތަކުން އަގު ނަގަން ފަށާނެ އެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުމަށްޓަކައި، މާލެއަށް މިނީ ބަސްތައް ގެނެސް ހިދުމަތް ދޭން ފެށީ މި މަހުގެ ފަސް ވަނަ ދުވަހެވެ. އޭރު ކަނޑައެޅީ ދެ ހަފްތާގެ ޓްރަޔަލް މުއްދަތުގައި ބަހުގައި ހިލޭ ދަތުރު ކުރެވޭ ގޮތަށެވެ. ނަމަވެސް އެ މުއްދަތު ނިމުމާއެކު، މާދަމާއިން ފެށިގެން ބަސް ދަތުރުތަކަށް 7ރ. ދައްކަން ޖެހޭނެ އެވެ.

ނަމަވެސް އެއަށްފަހު ވެސް ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ އެވެ.

މިނީ ބަސްތަކަށް ފައިސާ ދައްކަން ޖެހެނީ އާރްޓީއެލްގެ އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓު ނެގުމަށްފަހު އެވެ.

މާލޭގެ ތިން ރޫޓަކަށް ބަސް ދަތުރުކުރާނެ އެވެ. ސޯސަން މަގުގެ ރޫޓް އިން އަށް ތަނަކަށް ބަސް މަޑުކުރާނެ އެވެ. އަމީނީ މަގާއި އޯކިޑް މަގުގެ ރޫޓްގައި 18 ތަނަކަށް ބަސް މަޑު ކުރާނެ އެވެ.

މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމަށް އެމްޓީސީސީން ވަނީ 41 މިނީ ބަސް ގެނެސް، ބަސްތައް ދުއްވަން މުވައްޒަފުން ތަމްރީނުކޮށްފަ އެވެ. ކޮންމެ މުވައްޒަފަކު ވެސް ޑިއުޓީއަށް އަރާނީ ބްރީފިންއަކަށް ފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާލޭގައި ބޭނުން ކުރާނީ 18 ބަހެކެވެ. ދެން ހުރި ބަސްތައް ބޭނުންކުރަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގަ އެވެ.

މި ހިދުމަތް ފެށިއިރު މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީން ދަނީ ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަމުންނެވެ. އެގޮތުން، މާލޭގެ ބޮޑެތި މަގުތަކުގެ ޕާކިން ޒޯނުތައް ހުސްކޮށް، ބަސް ދުއްވޭނެ މާހައުލެއް ގާއިމުކުރުމަށް މެދުކެނޑުމެއްނެތި ގެންދަނީ މަސައްކަތް ކުރަމުންނެވެ.