Advertisement

ބަންދުކުރަން ކުރަން ޖެހޭ ކުޑަކުދިންނަށް ހާއްސަ މަރުކަޒެއް ވޭމަންޑޫގައި ހުޅުވައިފި

17 ސެޕްޓެންބަރު 2022 - 10:56 0

ވޭމަންޑޫގައި ގާއިމްކުރި ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު މިއަދު ހުޅުވަނީ. އެ މަޒުކަޒު ހުޅުވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު(ކ). ފޮޓޯ: ހޯމް މިނިސްޓްރީ


ބަންދުކުރަން ކުރަން ޖެހޭ ކުޑަކުދިންނަށް ހާއްސަ މަރުކަޒެއް ވޭމަންޑޫގައި ހުޅުވައިފި

17 ސެޕްޓެންބަރު 2022 - 10:56 0

އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުދިންނާއި އިސްލާހީ ފިޔަވަޅެއްގެ ގޮތުން ބަންދުކުރަން ޖެހޭ ކުޑަކުދިން ބައިތިއްބާ ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރެއް ތ. ވޭމަންޑޫގައި މިއަދު ހުޅުވައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ ވޭމަންޑޫގައި މިއަދު ހުޅުވި ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގައި ބައިތިއްބާ ކުދިންނަށް، އެކުދިންގެ އުމުރާއި ގާބިލިއްޔަތާ ގުޅޭ ގޮތުން އެކަށީގެންވާ ތައުލީމާތި ތަމްރީނު ދޭނެ ކަމަށެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު އަލީ ނަޒީރެވެ.

އެކިއެކި ހާލަތްތަކުގައި ބަންދުކުރަން ޖެހޭ ކުޑަކުދިން ބައިތިއްބަން ތިން ބާވަތެއްގެ މަރުކަޒުތައް ގާއިމްކުރުމަކީ 2019 ވަނަ އަހަރު ފާސްކޮށް އަމަލުކުރަމުން އަންނަ ކުޑަކުދިންގެ އަދުލުގެ ގާނޫނުން ދައުލަތަށް ލާޒިމުކޮށްފައިވާ ކަމެކެވެ. އެ ގާނޫނުން ލާޒިމުކުރަން ޖެހޭ ތިން ބާވަތުގެ މަރުކަޒުތަކުގައި ކުދިން ބައިތިއްބާނީ ކޮންކޮން ހާލަތްތަކެއް މެދުވެރިވާ ކުދިން ކަމާއި އެކުދިންނާއި މެދު އަމަލުކުރާނީ ކޮންކޮން ގޮތް ގޮތަކަށް ކަން ވެސް އެ ގާނޫނުގަައި ތަފްސީލުކޮށްފައިވެ އެވެ.

އެގާނޫނުގެ 81 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުތަކަކީ ކުދިންގެ ހާލަތަށް ބިނާކޮށް، އެކުއްޖާއަށް ދޭން ޖެހޭ ފަރުވާ ނުވަތަ ފަރުވާތައް ދިނުމަށް ޓަކައި ފަރުވާގެ މުއްދަތަށް ބައިތިއްބާ މަރުކަޒުތަކެކެވެ.

ވޭމަންޑޫ ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު ހުޅުވުމަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ތަންފީޒު ކުރުމުގެ އާ މަރުހަލާއެއްގެ ފެށުން ކަމަށެވެ.

"ސަރުކާރުން ގަބޫލުކުރާ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެމަތިން ލިޔެ ތަސްދީގު ކޮށްފަ އޮތް ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައި އޮތް ގަވާއިދު ތަންފީޒު ކުރުމުގެ އާ މަރުހަލާއަކަށް މި އާދެވެނީ،" އޭނާ ވިދާޅުވި އެވެ.