Advertisement

ރާނީގެ ޖަނާޒާއަށް ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި

17 ސެޕްޓެންބަރު 2022 - 08:00 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އަނބިކަނބަލުން ފަޒުނާ އަހުމަދު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް އެމިރޭޓްސްގެ މަތިންދާ ބޯޓަށް އަރައިވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ރާނީގެ ޖަނާޒާއަށް ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި

17 ސެޕްޓެންބަރު 2022 - 08:00 0

އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނައިގެ ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.

އިނގިރޭސި ތަހުތުގައި 70 އަހަރު ރެނދެލި ކުރެއްވި ރާނީ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ސެޕްޓެމްބަރު 8 ގަ އެވެ. ރަސްމީ ޖަނާޒާ އާއި ފަސްތާނު ލެއްވުން ތާވަލުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ.

ރާނީ އަވަހާރަވުމުގެ ހިތާމައިގައި، ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާލްސް ތިން ވަނައާ ބައްދަލު ކުރައްވާނެ އެވެ.

މި ދަތުރުފުޅު ނެންމެވުމަށް ފަހު ރައީސްގެ ދެ ކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 2022 ސެޕްޓެންބަރު 22 ވަނަ ދުވަހު އެވެ.