Advertisement

އާރްޓީއެލްއަށް ބޭނުންވާ 65 ފެރީ ބަންނަން އެމްޓީސީސީން އަލްޝާލީއާ ހަވާލުކޮށްފި

15 ސެޕްޓެންބަރު 2022 - 12:13 0

ނިމާ ހަސަން

ނ

Advertisement

މިއަދު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އާރްޓީއެލްއަށް ބޭނުންވާ 65 ފެރީ ބަންނަން އެމްޓީސީސީން އަލްޝާލީއާ ހަވާލުކޮށްފި

15 ސެޕްޓެންބަރު 2022 - 12:13 0

Advertisement

Advertisement

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު، ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) އަށް ބޭނުންވާ 65 ފެރީ ބަނުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނޓީ (އެމްޓީސީސީ) އިން އަލްޝާލީ މެރިންއާ ހަވާލުކޮށްފި އެވެ. 

މި 65 ފެރީއަކީ އާރްޓީއެލް ހައި ސްޕީޑް ފެރީން ރާއްޖެ ގުޅާލުމުގެ ދެވަނަ އަދި ތިންވަނަ ފިޔަވައްސަށް ބޭނުންވާ ފެރީތަކެވެ. މި ފެރީތައް ބަނުމަށް އަލްޝާލީއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި، އަލްޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަބްދުﷲ ހުސައިން މުހައްމަދު އަލް ޝާލީ އެވެ.

Advertisement

މި މަޝްރޫއަކީ 567 މިލިއަން ރުފިޔާއަށް ދެ އަހަރު ދުވަހުގެ މުއްދަތުގައި ނިންމުމަށް ހަވާލުކުރި މަޝްރޫއެކެވެ.

"1500 އިން 70 ރުފިޔާއަށް"؛ ބޭނުންވި ހިތްފަސޭހަ ދަތުރު ލިބިއްޖެ

ލޯންޗެއް ހިފާނެ ގޮތަކާއި އެކަމަށް ދާނެ ހަރަދާމެދު އޭނާ ހުރީ ނުތަނަވަސްވެފަ އެވެ. އެކަމަކު, އޭނާ ނޭނގި އޮތީ އަހަރީ ޗުއްޓީއަށް ދިއްދޫން އިންޑިއާއަށް ދިޔަ މުއްދަތު ތެރޭ ބޮޑުތިލަދުންމަތީގެ ދަތުރުފަތުރަށް އައިސް އޮތް އިންގިލާބީ ބޮޑު ބަދަލެވެ; އާރްޓީއެލް ފެރީ އެވެ.

ފަންސާސް މީހުންގެ ޖާގައިގެ އެއާ ކޮންޑިޝަން މި ފެރީތައް ބަނުމުގައި އިސްކަން ދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭނެ ގޮތަކަށް ކަމަށް އެމްޓީސީސީން ބުނެ އެވެ.

Advertisement

އެމްޓީސީސީން ބުނީ ފެރީގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާ ކޮށްފައި ވަނީ ހިތްފަސޭހަ ދަތުރުތަކަށް އެންމެ އެކަށޭނެ ގޮތަކަށް ކަމަށެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެރީގެ ހިދުމަތް ދޭން ފަށާފައި ވަނީ ހއ، ހދ އަދި ށ އަތޮޅުގަ އެވެ.

އަދި، މިއަދު ސޮއިކޮށް، ބަނުމަށް ހަވާލުކުރީ ބާކީ17 އަތޮޅަށް ހިދުމަތް ދިނުމަށް ބޭނުންވާ ފެރީ އެވެ. 

މި އަތޮޅުތަކަށް ހިދުމަތް ދޭން ފެށުމުން މުޅި ރާއްޖެ ކަންޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެ އެވެ. 

ބާރަށް ދުއްވާ ފެރީ ނިޒާމު ވެގެންދާނީ ތަރައްގީގެ މައިބަދައަށް

އެއް އަތުން އަނެއް އަތަށް ފައިސާ އާއި ތަކެތި ބަދަލުވެ ހިނގާ ކޮންމެ ވިޔަފާރީގެ މުއާމަލާތަކުން އެ ހިއްސާކުރަނީ ގައުމީ ތަރައްގީގެ ބަޔެއް. އެހެންކަމުން، ތަރައްގީގެ ނާރެހަކީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް އޮތުން.

އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްއިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީނެޓްވޯކުން ގުޅާލާނެ އެވެ. 

އެކި ޒޯންތަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކުގައި މީހުން އުފުލާ ފެރީތަކުގެ އިތުރުން ކާގޯ ފެރީ ވެސް ހުރެ އެވެ. މި ޒަމާނީ ފެންވަރުގެ ފެރީތަކަކީ ބާރު ދުވެލީގައި ދަތުރުކުރާ، ފަސިންޖަރުން ބޭނުންވާ ހިދުމަތްތައް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެވެ.