Advertisement

ތިން ފުލުހުންނަށް ހަމަލާ ދިން މައްސަލާގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފި

14 ސެޕްޓެންބަރު 2022 - 23:05 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ތިން ފުލުހުންނަށް ހަމަލާ ދިން މައްސަލާގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފި

14 ސެޕްޓެންބަރު 2022 - 23:05 0

ހޮނިހިރު ދުވަހުގެ ހެނދުނު ޑްރަގް އެންފޯސްމަންޓް ތިން ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި އިތުރު 5 މީހަކު ހައްޔަރުކޮށްފި އެވެ.

ޕޮލިސް ކޮމިޝަނާ، މުހައްމަދު ހަމީދު މިރޭ ވިދާޅުވީ، އެ ފަސް މީހުން އަތުލައިގެންފައިވަނީ ފިލައިގެން އުލެނިކޮށް ކަމަށެވެ. ފުލުހުންނާ މެދު އަނިޔާވެރި އަމަލު ހިންގާ މީހުންނާ މެދު ގާނޫނުގައި އޮންނަ އެންމެ މަތީ ދަރަޖައިން ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޝަނާ ވަނީ، އަނިޔާވި ފުލުހުންނަށް އޭޑީކޭގައި ފަރުވާދެމުން ގެންދެވި އިރު، އެ އޮފިސަރުންނަށް ޒިޔާރަތްކުރައްވައި ހާލު ބައްލަވާފަ އެވެ. އަދި އެދުވަހު ވިދާޅުވީ، އެ ތިން އޮފިސަރުންނަށް ހަމަލާ ދިނީ ހެންވޭރުގައި އޮންނަ މަޝްހޫރު ގޭންގަކުން ކަމަށެވެ. އެފަދަ އަނިޔާވެރި ގްރޫޕްތައް ހުއްޓުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މިރޭ ވެސް ދެއްވި އެވެ.

އެ މައްސަލާގައި ހޮނިހިރު ދުވަހު ދެ މީހަކު ވަނީ އަތުލައިގެންފަ އެވެ. އެ ދެމީހުން މިހާރު ތިބީ، ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. މިރޭ ހައްޔަރުކުރި ފަސް މީހުންނާ އެކު މި މައްސަލާގައި މިހާތަނަށް ހައްޔަރުކުރި މީހުން އަދަދަކީ ހަތެކެވެ.