Advertisement

އުދައްޔު މަރާލިކަން ކުޑަކުއްޖާގެ މައްޗަށް ސާބިތުވެއްޖެ

14 ސެޕްޓެންބަރު 2022 - 18:05 0

އަމަން ހަލީމް

އ

Advertisement


އުދައްޔު މަރާލިކަން ކުޑަކުއްޖާގެ މައްޗަށް ސާބިތުވެއްޖެ

14 ސެޕްޓެންބަރު 2022 - 18:05 0

Advertisement

Advertisement

މިދިޔަ އަހަރު ގއ.މާމެންދޫގައި ހިނގި މާރާމާރިއެއްގައި ލިބުނު އަނިޔާތަކާ ގުޅިގެން މަރުވި 17 އަހަރު ގެ އަހުމަދު އުދައްޔު މެރުމުގެ ކުށް، އެ މައްސަލައިގައި ދައުވާ ކުރި 18 އަހަރުން ދަށުގެ ކުޑަކުއްޖާގެ މައްޗަށް ސާބިތުވެއްޖެ އެވެ.

މި މައްސަލައިގައި އެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. އޭނާއަކީ ކުޑަކުއްޖެއް ކަމުން މައްސަލަ ކުރިޔަށް ގެންދިޔައީ ޖުވެނައިލް ކޯޓުގަ އެވެ.

Advertisement

ޖުވެނައިލް ކޯޓުން ބުނި ގޮތުގައި ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަަށް ކުރިއަށް ގެންދާނެ އެވެ.

އުދައްޔު މަރާލި މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެެއީ އަހުމަދު ޝަމީމްއާއި، ޝަރަފު ރަޝީދާއި، މުހައްމަދު މާޒިން އެވެެ. އެެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެެ.

އުދައްޔު ހެދުމުގައި ހުރި ލެއިން ތުހުމަތުވާ މީހެއްގެ ޑީއެންއޭ ނެތް

އުދައްޔު ހެދުމުގައި ހުރި ލެއިން ތުހުމަތުވާ މީހެއްގެ ޑީއެންއޭ ނެތް

Advertisement

އެެ މައްސަލައިގައި ޝަރީއަތް އަދި ނުނިމެ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެެހުމުގައި ކުރިޔަށް ދިޔައީ ޑީއެންއޭ ރިޕޯޓްތައް ތައްޔާރު ކުރި އޮފިސަރުގެެ ހެކިބަސް ނެގުމެވެ. އެ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދެމުން އޭނާ ބުނެދިން ގޮތުގައި، އުދައްޔު ލައިގެން ހުރި ހެދުމުގައި ހޭކިފައި ހުރި ލެއިން ފެނުނީ ހަމައެކަނި އޭނާގެ ލެ އެވެ. އަދި ދައުވާ ރައްދުވާ މީހުން ލައިގެން ހުރި ހެދުމުގައި ހޭކިފައިވާ ލެއިން އުދައްޔުގެ ޑީއެންއޭ ފެނިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.