Advertisement

މަޝްވަރާކުރުމުގެ އަހުލާގު ރައީސްގެ ކިބައިގައި ހުރި ވަރާ ގާތަށް ވެސް ޔާމީންގެ ނެތް

14 ސެޕްޓެންބަރު 2022 - 19:58 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


މަޝްވަރާކުރުމުގެ އަހުލާގު ރައީސްގެ ކިބައިގައި ހުރި ވަރާ ގާތަށް ވެސް ޔާމީންގެ ނެތް

14 ސެޕްޓެންބަރު 2022 - 19:58 0

ބައެއް މީހުންނަށް ގަބޫލުކުރަން ދަތިވިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ކިބައިގައި މަޝްވަރާކުރުމުގެ އަހުލާގު ހުރި މިންވަރާ ގާތަށް ވެސް، އެ އަހުލާގު ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ކިބައިގައި ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

2018 ވަނަ އަހަރު، އަދާލަތު ޕާޓީން ވެސް ހިމެނޭ ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީނާ ދެކޮޅަށް ޓުވީޓަކުން ފާޅުކުރެއްވި ހިޔާލުގައި ވިދާޅުވީ، އެމަނިކުފާނު އެ ވިދާޅުވަނީ ހަގީގަތެއްކަން، ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އުޅުއްވި ކޮންމެ މީހަކަށް އެނގިލައްވާނެ ކަމަށެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީގެ ރައީސް، ގާސިމް އިބްރާހިމް ވެސް ވަނީ، އިއްޔެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްގޮތް ތައުރީފެއް ކުރައްވާފަ އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ވެސް މިހާރު އޮތް ކޯލިޝަން ދަމަހައްޓައިގެން، ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު ފާޅުކުރައްވާފައި ވަނިކޮށް، ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ކޯލިޝަނާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ، މީގެ ކުރިން އުފެއްދި ކޯލިޝަންތަކާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި ކޯލިޝަން ދަމަހައްޓާފައިވާ ކަމަށެވެ.

އެ ކޯލިޝަންގައި އެއްބަސްވި ކަންތައްތައް ޖުމްހޫރީ ޕާޓީއަށް ހާސިލުނުކުރެވުނަސް، އަދި އެއްބަސްވުމާ އެއްގޮތަށް އެމްޑީޕީން ފުރިހަމައަށް އިހުތިރާމް ނުކުރި ނަމަވެސް، ގާސިމް ވިދާޅުވި ގޮތުގައި ކޯލިޝަން ވެރިކަމެއް އެންމެ ގިނަ ދުވަހު ދެމެހެއްޓި ރައީސްގެ ހައިސިއްޔަތުން، ރައީސް ސޯލިހަށް އެކަމުގެ ކްރެޑިޓް ދޭންޖެހެ އެވެ.