about 4 hours 0
ލީވާން އަލީ ނާސިރު
ނ. ހޮޅުދޫ ނިއު ލައިފް، މޫސާ ރިމްޒީ، 30: އޭނާ ހައްޔަރު ކުރީ މާރާމާރީއެއްގެ މައްސަލައެއްގައި -- ފޮޓޯ؛ ފުލުހުން
about 4 hours 0
މިދިޔަ ބުރާސްފަތި ދުވަހު ނ. ހޮޅުދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން އެ ރަށުން މަރުވެފައި އޮއްވާ ފެނުނު ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ ދަރިފުޅު މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ނ. ހޮޅުދޫ ނިއު ލައިފް، މޫސާ ރިމްޒީ، 30 އެވެ. އޭނާއަކީ ޒަކިއްޔާގެ ދޮށީ ދަރިފުޅެވެ.
ރިމްޒީ ހައްޔަރު ކުރި ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރު ކުރީ ނ. ހޮޅުދޫ، އަންދަލީބުގެ، އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައިގައި ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އެވެ.
އެ މާރާމާރީގެ މައްސަލައިގެ ތަހުގީގު ލަސްވަމުންދާތީ މިދިޔަ ހޮނިހިރު ދުވަހު ހޮޅުދޫ ޕޮލިސް ސްޓޭޝަން ދޮށަށް ރައްޔިތުން އެއްވެ، މައްސަލަ އަވަސް ކުރުމަށް ގޮވާލައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަކިއްޔާގެ ދަރިފުޅު މާރާމާރީ ހިންގީ، ޒަކިއްޔާގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކަމަށް ބުނި މީހަކާ އެވެ.
މި ނޫހަށް މައުލޫމާތު ދިން މީހާ ބުނީ ބުރާސްފަތި ދުވަހު ހިނގި އެ މާރާމާރީގައި އަނިޔާވި މީހާއަށް އެ ރަށު ހެލްތު ސެންޓަރުން ފަރުވާ ވެސް ދޭން ޖެހުނު ކަމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މިހާތަނަށް އެ މަރާ ގުޅިގެން އެއްވެސް މީހަކަށް ތުހުމަތުކޮށް ހައްޔަރެއް ނުކުރެ އެވެ.
Comment