Advertisement

މުދާ އުފުލާ ބޯޓެއް ނޮޅިވަރަންފަރު ކައިރިއަށް ފެތިއްޖެ

8 ސެޕްޓެންބަރު 2022 - 20:30 0

ސަވާރީ ބޯޓު ނޮޅިވަރަންފަރު ކައިރިއަށް އަޑިއަށް ދަނީ


މުދާ އުފުލާ ބޯޓެއް ނޮޅިވަރަންފަރު ކައިރިއަށް ފެތިއްޖެ

8 ސެޕްޓެންބަރު 2022 - 20:30 0

ހއ. ކެލާގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓު، "ސަވާރީ" ހދ. ނޮޅިވަރަންފަރު ނެރު މައްޗަށް އުރިއްޖެ އެވެ.

މި ބޯޓު ނޮޅިވަރަންފަރަށް ވަންނަން އުޅުމުގެ ތެރޭގައި ނެރު މައްޗަށް އުރި އަޑިއަށް ދިޔައީ މިއަދު އިރު އޮއްސެން ކައިރިވެފައި ވަނިކޮށެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ ބޯޓުގެ ބޮޑު ބައި އަޑިއަށް ގޮސްފައިވާ ކަމަށާއި ބޯޓުގައި ތިބި މީހުން ސަލާމަތް ކޮށްގެން ރަށަށް ނެގެސްފައިވާ ކަމަށެވެ.

ބޯޓު އަޑިއަށް ދިޔުމަށް މެދުވެރިވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ. އަދި ބޯޓުގައި ތިބީ ކިތައް މީހުންކަން މިވަގުތު ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ބޯޓުގައި ތިބި މީހުން މިހާރު ވަނީ ރަށަށް އަރުވާފައި،" އޭނާ ވިދާޅުވި އެވެ.

މީހުންނާއި މުދާ ސަލާމަތް ކުރަން ސިފައިން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ނަދީމު ވިދާޅުވި އެވެ.

ބޯޓު އަޑިއަށް ދިއުމުގެ ކުރިން ނަގާފައިވާ ވޯޑިއޯތަކުން ފެންނަ ގޮތުގައި ވައިގަދަވެ، ކަނޑުގަދަ އެވެ.

ނިމިދިޔަ ހަފުތާގައި ކ. ގާފަރު ކައިރީ ފަރަށް ލަންދޫ ބޯޓު އަރައި އަޑިއަށް ދިޔައެވެ. އެ ބޯޓު މިހާރު ވަނީ ފުންކޮށްފަ އެވެ.