Advertisement

ހިތަދޫ ވަލުތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވަނީ

7 ސެޕްޓެންބަރު 2022 - 19:12 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހިތަދޫ ވަލުތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވަނީ

7 ސެޕްޓެންބަރު 2022 - 19:12 0

އައްޑޫ ސީޓީ ހިތަދޫ ވަލުތެރޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ގިނަ އަދަދެއްގެ ގަހުގައި ރޯވެ އަނދަމުން އެބަދެ އެވެ.

އެ ރަށުގެ ބޮޑުމަގު ބުރުކައިރި ވަލުތެރޭގައި ރޯވެފައިވާ މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ދަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކައިރިން ވަލުތެރޭގެ އެކި ސަރަހައްދުތަކުގައި ވަނީ ރޯވެފަ އެވެ. އެގޮތުން، ތިން ސަރަހައްދެއްގައި ރޯވެ އަނދަމުންދާއިރު އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެއް ނުވާކަން ވީޑިއޯތަކުން އެނގެ އެވެ.

މިއަދު ހަވީރު 17:25 ގައި މި ހާދިސާގެ ރިޕޯޓު ލިބުނު ފަހުން އަދިވެސް ހިތަދޫ ފަޔާ ސްޓޭޝަންގެ އޮފިސަރުން އަލިފާންގަނޑު ނިއްވާލުމަށް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ދުވަސްތަކަކީ މުޅި ރާއްޖެއަށް ވެސް ވިއްސާރަ ދުވަސްތަކެކެވެ. ހޫނު ގަދަވުމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް މިދިޔަ ދުވަސްތަކުގެ ތެރޭގައި ރިޕޯޓުކޮށްފައެއް ނުވެ އެވެ.

މި އަލިފާންގަނޑު ރޯވި ސަބަބު މިހާތަނަށް ހޯދިފައިނުވާއިރު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ހަމަ އެ ސަރަހައްދުގައި އަލިފާން ރޯވި އެވެ. އެފަހަރު އަލިފާން ނިއްވާލެވުނީ 12 ގަޑިއިރު ފަހުންނެވެ.