Advertisement

16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ވ.އަތޮޅުގެ ގިރިއަކަށް އަރައިފި

މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓު ފަރަށް އެރުން -- ފޮޓޯ: އެމްއެންޑީއެފް


16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ވ.އަތޮޅުގެ ގިރިއަކަށް އަރައިފި

މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ރޭ ގިރިއަކަށް އަރައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ، މި ބޯޓު ފަރަށް އެރުމާ ގުޅިގެން މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި ތިބީ 16 މީހުން ކަމަށެވެ.

ރޯޝަނީ ބޯޓު އަލިމަތާ ރިސޯޓު ކައިރީ ގިރިއަކަށް އަރާފައި -- ފޮޓޯ: އަދަދު


"އަދަދު" އަށް އެނގިފައިވާ ގޮތުގައި މި ބޯޓު ފަރަށް އަރާފައި ވަނީ ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރި އޮތް ގިރިއަކަށެވެ.