Advertisement

ބަހުގެ ހިދުމަތާއި ފެރީ ނިޒާމު ހަރުދަނާކުރަން ކެބިނެޓްގައި މަޝްވަރާކޮށްފި

6 ސެޕްޓެންބަރު 2022 - 19:53 0


ބަހުގެ ހިދުމަތާއި ފެރީ ނިޒާމު ހަރުދަނާކުރަން ކެބިނެޓްގައި މަޝްވަރާކޮށްފި

6 ސެޕްޓެންބަރު 2022 - 19:53 0

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ބަހުގެ ހިދުމަތާއި ފެރީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުގެ ކެބިނެޓްގައި މިއަދު މަޝްވަރާކޮށްފި އެވެ.

މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމަނިކުފާނުގެ ކެބިނެޓް ވަޒީރުންގެ އިތުރަށް ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިނީ ބަހުގެ ހިދުމަތް ދިނުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް އެ ބައްދަލުވުމުގައި ހުށަހަޅާފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި އެ ޕްރެޒެންޓޭޝަންގައި ހއ، ހދ، އަދި ށ. އަތޮޅުގައި ފެށި ފެރީގެ ހިދުމަތާ ގުޅޭ ގޮތުން ވެސް މައުލޫމާތުތައް ހިއްސާކޮށްފައިވެ އެވެ.

ފެރީ ހިދުމަތް ފެށުމަށް ހަމަޖެހިފައި އޮތީ ތިން މަރުހަލާއަކަށް ބަހާލައިގެނެވެ. އުތުރުގެ ތިން އަތޮޅުގައި އެ ހިދުމަތް ފެށުމަކީ ފުރަތަމަ މަރުހަލާ އެވެ.

ކަމާ ގުޅުން ހުރި އެހެން މުއައްސަސާތައް ގުޅިގެން މި ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.