Advertisement

މައްސަލައެއް އަލުން ބަލަން ކުރާ ހުކުމެއް އިސްތިއުނާފުކުރާނަމަ ދަށު ކޯޓުގައި މަޑުޖައްސާ ގޮތަށް ނިންމައިފި

6 ސެޕްޓެންބަރު 2022 - 17:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ުސުޕްރީމް ކޯޓު؛ މައްސަލަ އަލުން ބަލަން ހައި ކޯޓުން ކުރާ ހުކުމެއް އިސްތިއުނާފުކޮށްފިނަމަ އަމަލުކުރާނެ ސާކިއުލާއެއް ނެރެފި - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު


މައްސަލައެއް އަލުން ބަލަން ކުރާ ހުކުމެއް އިސްތިއުނާފުކުރާނަމަ ދަށު ކޯޓުގައި މަޑުޖައްސާ ގޮތަށް ނިންމައިފި

6 ސެޕްޓެންބަރު 2022 - 17:56 0

ދަށު ކޯޓުގައި ހިންގާފައިވާ މައްސަލައެއް އަލުން ބަލަން ނުވަތަ ބޭރުކޮށްފައިވާ މައްސަލައެއް ފަށަން ހައި ކޯޓުން ކުރާ ހުކުމްތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ހުކުމުތައް ހިމެނޭ މައްސަލަތައް ދަށު ކޯޓުގައި މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ދަށު ކޯޓުގައި މައްސަލައެއް ކުރިއަށް ގެންގޮސްފައިވާ ގޮތް ގޯސް ކަމަށް ބެލެވި މައްސަލައެއް އަލުން ދަށު ކޯޓުގައި ބެލުމަށް ހައި ކޯޓުން ބައެއް ފަަހަރު ހުކުމްކުރެ އެވެ. އެހެން ކުރާ ބައެއް ހުކުމްތައް ދަށު ކޯޓުގައި ފަށާފައިވަނިކޮށް ވެސް ސުޕްރީމް ކޯޓުގައި އެބަ އިސްތިއުނާފްކުރެ އެވެ.

އެފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅައި ދަށު ކޯޓުތަކަށް ސުޕްރީމް ކޯޓުން ނެރެފައިވާ "ޕްރެކްޓިސް ޑައިރެކްޝަން" އެއްގައި ވަނީ ސުޕްރީމް ކޯޓުން އެފަދަ މައްސަލައެއްގައި ގޮތެއް ކަނޑައަޅަންދެން ދަށު ކޯޓުގައި އެ މައްސަލައެއްގެ ޝަރީއަތް ވަގުތީ ގޮތުން ހުއްޓާލުމަށެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވައި ނެރުއްވާފައިވާ އެ ޑައިރެކްޝަންގައި އިތުރަށް އިރުޝާދު ދެއްވާފައިވަނީ ވަގުތީ ގޮތުން ޝަރީއަތް ހުއްޓާލި ނަމަވެސް ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން ކޯޓުގެ ރަޖިސްޓްރީން އެ މައްސަލައެއް ގަޒިއްޔާ އުނިނުކޮށް ބޭއްވުމަށެވެ.

މީގެ އިތުރަށް ސުޕްރީމް ކޯޓުން އެ މައްސަލައެއް ބެލުމަށްފަހު ހައި ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ނުވަތަ ބަދަލުކޮށްފިނަމަ، އެ ކޯޓުން ކުރާ ހުކުމަކާ އެއް ގޮތަށް ދަށު ކޯޓުން ދެން އަމަލު ކުރުމަށް ވެސް އެ ޑައިރެކްޝަންގައި އިރުޝާދު ދީފައިވެ އެވެ.