Advertisement

އިންހޭލް ކުރާ ކޮވިޑް ވެކްސިނަކަށް ޗައިނާއިން ހުއްދަ ދީފި

6 ސެޕްޓެންބަރު 2022 - 05:48 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވައިރަސްތަކެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިންހޭލް ކުރާ ކޮވިޑް ވެކްސިނަކަށް ޗައިނާއިން ހުއްދަ ދީފި

6 ސެޕްޓެންބަރު 2022 - 05:48 0

އިންހޭލް ކުރާ ކޮވިޑް ވެކްސިނަކަށް ހުއްދަ ދިން ފުރަތަމަ ގައުމަކަށް ޗައިނާ ވެއްޖެ އެވެ.

ކޭންސައިނޯއިން އުފެއްދި އެ ވެކްސިނަކީ އިންޖެކްޓް ކުރާ ވެކްސިންއާ އެއް ވަައްތަރު ވެކްސިނެކެވެ. އެ ވެކްސިނުން ވެސް ބޭނުން ކުރަނީ ގެއްލުން ނުވާ އެޑޭނޯވައިރަހެކެވެ. އޭގެ އެހީގައި ހަށިގަނޑަށް ފޯރުކޮށްދޭ ޖެނެޓިކް ކޯޑެއް މެދުވެރިކޮށް ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރެވެ އެވެ.

ކޮންވިޑޭޝިއާ އެއާގެ ނަން ދީފައިވާ ވެކްސިން އިންހޭލް ކުރަނީ ނުވަތަ ނޭފަތުން ހަށިގަނޑުގެ ތެރެއަށް އެތެރެވަނީ ސްޕްރޭއެއްގެ ގޮތުގަ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގެ ސައިންސްވެރިން ވެސް ދަނީ ނޭފަތަށް ޖަހާ ސްޕްރޭއެއްގެ ގޮތުގައި ކޮވިޑް ވެކްސިން ނެރުމަށް ދިރާސާ ކުރަމުންނެވެ.

ޗައިނާގެ ނޭޝަަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަނުން ކޭންސައިނޯއަށް ހުއްދަ ދިނީ އިންހޭލް ކުރާ ވެކްސިން ބޫސްޓާ ޑޯޒެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ.

އެ ވެކްސިންގެ ދިރާސާއިން ދައްކާ ގޮތުގައި ކުރިން އިންޖެކްޝަން މެދުވެރިކޮށް ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހާފައިވާ ނަމަ އިންހޭލް ކުރާ ވެކްސިނުން އިތުރު ރައްކާތެރިކަމެއް ލިބޭނެ އެވެ.