Advertisement

ހޮރައިޒަންއާ އެކު ހޯޑެއްދޫ އެއްބަސްވުން ދަމަހައްޓާތީ މަޖިލީހަށް މައްްސަލައެއް ހުށަހަޅައިފި

5 ސެޕްޓެންބަރު 2022 - 14:33 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން. ހޮރައިޒަންއާ އެކު ހޯޑެއްދޫ އެއްބަސްވުން ދަމަހައްޓާތީ އޭނާ ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައި. ފޮޓޯ: މަޖިލީހުގެ އިދާރާ


ހޮރައިޒަންއާ އެކު ހޯޑެއްދޫ އެއްބަސްވުން ދަމަހައްޓާތީ މަޖިލީހަށް މައްްސަލައެއް ހުށަހަޅައިފި

5 ސެޕްޓެންބަރު 2022 - 14:33 2

ގއ. ހޯޑެއްދޫގައި މަސް ފެކްޓްރީއެެއް އަޅަން ހޮރައިޒަން ފިޝަރީޒްއާ އެކު މީގެ 17 އަހަރުކުރިން ވެފައިވާ އެއްބަސްވުން ސަރުކާރުން ދަމަހައްޓަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުން އެ މައްސަަލަ ބަލައިދޭން މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ފިރުޝާން ވިދާޅުވީ ހޯޑެއްދޫގައި މަސްފެކްޓްރީ އަޅަން ވެފައިވާ އެއްބަސްވުމާ، ހޮރައިޒަން އިން އެތައް ފަހަރަކު ހިލާފުވެފައިވާކަން، ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން މަޖިލީހުގައި ދެއްވި ޖަވާބުތަކުން އެނގޭ ކަމަށެވެ. އެކަން އެހެން އޮތް އިރު އެ އެއްބަސްވުން ބާތިލުނުކޮށް ދެމެހެއްޓުމަކީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާއަށް ފުރުސަތު ދިނުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"...ކަން މިހެން އޮތް އިރު އެއްބަސްވުމާ ހިލާފުވެގެން، މިއަދާ ހަމައަށް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ. އަދި އެއްބަަސްވުން ބާތިލުކޮށްފައެއް ވެސް ނުވެ އެވެ. ފިޝަރީޒް މިނިސްޓްރީން މިމައްސަލާގައި އެއްވެސް ނިންމުމެއް ނުނިންމައި ތިބޭ ތިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަނާއި ނާޖާއިޒް ފައިދާތަކަށް ހުޅުވިގެން ތިބޭ ތިބުމެކެވެ،" ސިޓީގައި ފިރުޝާން ވިދާޅުވި އެވެ.

ހޮރައިޒަންއާ އެކު ވެފައިވާ އެ އެއްބަސްވުން ދަމަހެއްޓުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް އޮތްތޯ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ބަލައިދޭން އޭނާ އެދިވަޑަައިގެންނެވި އެވެ.

ހޯޑެއްދޫގައި މަސްފެކްޓްރީއެއް އަޅަން ހޮރައިޒަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް ބިން ހަވާލުކުރީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ފެކްޓްރީ އަޅައިފާ ނުވާއިރު ހޮރައިޒަން އިން ގެންދަނީ އެކި ފަހަރު އެކި ބަހަނާ ދައްކަމުންވެ.

އެކަމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާ, ފިރުޝާން ދެފަހަރެއްގެ މަތިން މަޖިލީހުގަައި ސުވާލުކުރެއްވި އެވެ.

އޭނާ މިދިޔަ ހޯމަ ދުވަހު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ހޮރައިޒަން އިން ހޯޑެއްދޫގައި މަސްފެކްޓްރީ އެޅުމުގެ މަސައްކަތް ފުރަތަމަ ފަހަރު ލަސްކުރީ މިނިސްޓަރު ހުސައިން މިއަދު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ތިބޭނެ ވަގުތީ ތަނެއް އަޅަން އިތުރު ވަގުތު ބޭނުންވާތީ އާއި ދަގަނޑާއި ތެލުގެ އަގު ބޮޑުވުމުން މަސައްކަތުގެ ޖުމްލަ އަގު 30 ޕަސެންޓުން ބޮޑުވުމުންނެވެ. އެހެންވެ ހޮރައިޒަން އިން އިތުރު ވަގުތު ދޭން އެދުމުން، 2006 ގައި ނިންމަން ޖެހޭ އެ މަސައްކަތް 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިލަށް އިތުރުކޮށްދީފައިވާ ކަމަށް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި ދެވަނަ ފަހަރަށް މަސައްކަތް ލަސްވި ސަބަބެއް ކަމަށް ހޮރައިޒަން އިން ސަރުކާރަށް މައުލޫމާތު ދީފައި އޮތީ ހޯޑެއްދޫ ބަނދަރު ފުންކުރި އިރު ނެގި ވެލި ކޯލްޑް ސްޓޯރޭޖް އަޅަން ދީފައިވާ ސަރަހައްދުގައި ބަހައްޓާފައި ހުރުމެވެ. އެފަހަރު ހޮރައިޒަން އިން ބުނި ކަމަށް މިނިސްޓަރު ވިދާޅުވީ ވެލިފުނި ނުނެގޭތީ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމޭނެ ތާރީހެއް ލަފާކުރަން ދަތި ކަަމަށެވެ.