Advertisement

ޝިއާގެ ޕޯސްޓްމޯޓަމް ވަގުތީ ރިޕޯޓު ލިބިއްޖެ، ފޮރެންސިކް ތަހުލީލުތައް އަދިވެސް ކުރިއަށް

4 ސެޕްޓެންބަރު 2022 - 16:51 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޝިއާ މަރާލާފައި އޮއްވާ ފެނުނު ސީންގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޝިއާގެ ޕޯސްޓްމޯޓަމް ވަގުތީ ރިޕޯޓު ލިބިއްޖެ، ފޮރެންސިކް ތަހުލީލުތައް އަދިވެސް ކުރިއަށް

4 ސެޕްޓެންބަރު 2022 - 16:51 0

ހ. ޝީރީން ވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ވަގުތީ ނަތީޖާ ލިބިއްޖެ ކަމަށާއި އެހެންނަމަވެސް އަދިވެސް ބައެއް ފޮރެންސިކް ތަހުލީލުތައް ދަނީ ކުރިއަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ އެ މަހުގެ 11 ވަނަ ދުވަހު އެވެ.

ދުވަސްތަކަކަށްފަހު މި މައްސަލައިގެ އަޕްޑޭޓެއް ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޅި މައްސަލައިގެ ތަހުގީގު ނިންމައި ޝަރިއަތަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޝިއާ މަރާލި މައްސަލާގައި އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އަލީ ޝާހިލް، 23، އެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ކޯޓުން އަމުރުކުރި އިރު، ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ކުރިއަށް ގެންދިޔައީ ނޫސްވެރިންނާއި އާންމުން ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

ޝާހިލް ފިޔަވައި އިތުރު މީހަކަށް މި މައްސަލާގައި އަދި ތުހުމަތު ނުކުރެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ކުށުގެ ރެކޯޑެއް ވެސް މިހާތަނަށް ނެތް ޝާހިލް އެ ރޭ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.