Advertisement

30 އަހަރު ހިދުމަތްކުރި ލީޑިން ޓީޗަރުގެ ކުއްލި ވަކިވުމާއެކު ފީވަކު ހިތާމައެއްގައި

29 އޮގަސްޓު 2022 - 11:27 1

ށ. ފީވަށް

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ފީވަކު ސްކޫލަށް ގިނަ ދުވަހު ހިދުމަތްކުރި، އެރަށު ސްކޫލުގެ ލީޑިން ޓީޗަރު އަލީ ޝަރީފް: އޭނާގެ ކުއްލި ވަކިވެދިޔުމުން ރަށް ވަނީ ފުން ހިތާމައެއް ގެނުވާފަ.


30 އަހަރު ހިދުމަތްކުރި ލީޑިން ޓީޗަރުގެ ކުއްލި ވަކިވުމާއެކު ފީވަކު ހިތާމައެއްގައި

29 އޮގަސްޓު 2022 - 11:27 1

ށ. ފީވަށް

ށ. ފީވަކު ސްކޫލްގެ ލީޑިން ޓީޗަރު އަލީ ޝަރީފް (ނަފާ ޝަރީފް)، 51 ރަށުގެ ގިނަ ބަޔަކަށް އެންމެ ފަހުން ފެނުނީ އިއްޔެ އިރުއޮއްސެން ކައިރިވެފައި ހުއްޓާ، ހަގު ދަރިފުޅާއެކު ދުއްވާލަން ނިކުމެ އުޅެނިކޮށެވެ. އޭގެ 15 ވަރަކަށް މިނެޓް ފަހުން މުޅި ރަށަށް ސިހުން ގެނުވީ ކުއްލި ގޮތަކަށް އޭނާ ނިޔާވި ހަބަރުންނެވެ.

މުދައްރިސެއްގެ ގޮތުގައި ފީވަކު ސްކޫލާ ޝަރީފް ފުރަތަމަ ގުޅުނީ 1991 ވަނަ އަހަރު، ގުރުއާން މުދައްރިސެއްގެ ގޮތުގަ އެވެ. އޭގެ ފަހުން 2004 ވަނަ އަހަރު ލީޑިންޓީޗަރުގެ މަގާމަށް ޕްރޮމޯޓްވެ، އެ މަގާމުގައި ސްކޫލުގެ ކުރިއެރުމާއި ގުރުއާން ކިޔެވުމުގެ ދާއިރާއިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ފުރުސަތުތަކެއް ހޯދައދިނުމަށް މަސައްކަތް ކުރި އެވެ.

"އަލީ ޝަރީފަކީ ސްކޫލުގެ ވަރަށް ގިނަ މުހިއްމު ކަންތައްތަކުގައި ވަރަށް މުހިއްމު އެހީތެރިކަމެއް ކުރެއްވި ބޭފުޅެއް. ސްކޫލުގެ ރީލޮކޭޝަން ޕްރޮޖެކްޓްގެ ވެސް ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅެއް. އަދި އަމިއްލަ ޖީބުން ހަރަދުކޮށްގެން ވެސް ރަށުގެ ތައުލީމު ކުރިއަރުވަން ވަރަށް ގިނަ ހިދުމަތްތައް ކޮށްދެއްވި އެކުވެރި، މުހިއްމު ހިއްސާދާރެއް،" އެކުގައި މަސައްކަތްކުރި ސްކޫލުގެ މުވައްޒަފަކު ކިޔައިދިނެވެ.

އަލީޝަރީފު، ފީވަކު ސްކޫލުގެ ޓީޗަރުންތަކަކާ އެކު


ރަށުގެ މީހުން އޭނާ ސިފަ ކުރަނީ ސްކޫލުގެ އެންމެ މުހިއްމު އެއް ތަނބުގެ ގޮތުގަ އެވެ. ސްކޫލުގައި ހަރަކާތެއް ބޭއްވިޔަސް، ދީނީ ގޮތުން ކަމެއް އޮޅުންފިލުވައިދޭން ޖެހުނަސް، ރަށުގައި ގުރުއާން މުބާރާތެއް ބޭއްވިޔަސް، އަދި އިޖުތިމާއީ ހަރަކާތެއް ބޭއްވިޔަސް، އަލީޝަރީފުގެ ބައިވެރިވުމާއި ތަރުހީބު ނުލިބޭ ކަމެއް ނުހިނގަ އެވެ.

"ދީނީ ކަންކަމަށް ވަރަށް ލޯބިކުރާނެ. މުބާރާތާއި ކަންކަން ލައިވް ވެސް ކުރާނެ. އަބަދުވެސް އެންމެ އިސްކަމެއް ދިނީ ރަށުގެ ކަންކަމަށް. އަމިއްލަ ބައިވެރިވުމާއި ޝައުގުން ރަށަށް ކަންތައްތައް ކޮށްދޭ އެކަހަލަ މީހުން މަދުވާނެ،" ސްކޫލުގެ ބެލެނިވެރިއެއްގެ ގޮތުގައި އުޅޭ، އަދި އެކުގައި މަސައްކަތްކުރި މުދައްރިސަކު ބުންޏެވެ.

އަލީ ޝަރީީފު މަރުވީ ނަމާދަށް ދިއުމަށް ގެއިން ވުޝޫކޮށްގެން މިސްކިތަށް ދިއުމަށް ނިކުތްތަނާ ކުއްލިއަކަށް މެއަށް ތަދެއް އަރައިގެން އަނބުރާލާ ގެއަށް ދިޔަތަނާ އެވެ. އެމްބިއުލަންސަށް ގުޅައިގެން، މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

ވަކިވެގެންދިޔަ އިރު، ފަސް ކުދިންނާއި އަންބަކު ދުނިޔޭގައި އެބަތިއްބެވެ. ކުދިންގެ ތެރެއިން ދެ ކުދިންނަކީ 18 އަހަރު ނުވާ ދެކުދިންނެވެ.