28 އޮގަސްޓު 2022 - 07:25 0
ފާތިމަތު ސާޔާ އަހުމަދު
މިދިޔަ ޖުލައި މަހު މުޒާހަރާ ކުރި މީހުން ސްރީލަންކާގެ ރައީސްގެ ގެކޮޅަށް ވަދެ. -- ފޮޓޯ: ޓްވިޓާ
28 އޮގަސްޓު 2022 - 07:25 0
މިދިޔަ ޖުލައި މަހު ސްރީ ލަންކާގެ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން ރައީސްގެ ގެކޮޅަށް ވަދެ، ބެޑްޝީޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
ތުހުމަތު ކުރެވޭ މީހާ ހައްޔަަރު ކުރީ ކޮލޮމްބޯ ފުލުހުންގެ ތަަހުގީގަށް ފަހު ހުކުރު ދުވަހުގަަ އެވެ. ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ދެ ހަފްތާ ޖެހި އެވެ.
ރަައީސްގެ ގެކޮޅުން ބެޑްޝީޓެއް ވަގަށް ނެގި މީހަކު ހައްޔަރު ކުރި އިރު، މިދިޔަ ހަފްތާގައި ވަނީ ބޮޑު ވަޒީރުގެ ގެކޮޅުން ރާފުޅިއެއް ވަގަށް ނެގި މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.
ސްރީ ލަންކާގެ އިގްތިސާދީ ކާރިސާއާ ގުޅިގެން ކުރީގެ ރައީސް ގޮތަަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި ކުރި މުޒާހަރާތައް ހޫނުވެ، އާއްމުން ރައީސްގެ ގެކޮޅަށް ވަނެވެ.
އެ ތަނަށް ވަދެ އުޅުނު މީހުންގެ ފޮޓޯ އާއި ވީޑިއޯ އާއްމުވެފައިވާ އިރު، ބައެއް މީހުން ވަނީ ސްވިމިން ޕޫލަށް އެރި، ބަދިގޭގައި ކައްކައި، އަދި ފާހާނާއަށް ވަދެ ފެން ވެސް ވަރައިފަ އެވެ.
އޭގެ ފަހުން މުޒާހަަރާާ ކުރި ބައެއް މީހުން ކުރީގެ ބޮޑު ވަޒީރު އަދި މިހާރު ރައީސްކަަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަގެ ގެކޮޅަށް ވެސް ވަނެވެ.
Comment